މިސަރުކާރުން އެމްއެމްޕީއާރުސީގެ ޚިޔާނާތަށް އިންސާފު ހޯދާނެކަމަށް އުންމީދު ކަނޑާނުލާ ކަމުގައި އެމްޑީޕީގެ ޗެއާޕާސަން އުޘްތާޒު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތަށް އިންސާފު ހޯދާނެކަމަށް މިސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ވަނީ ވައުދުވެފައެވެ. ވެރިކަމަށް ދެއަހަރަށްވުރެ ގިނަ ދުވަސް ވެގެންދާއިރު، މިހާތަނަށް އެމްއެމްއާރުސީއާއި ގުޅޭގޮތުން ބެލިފައިވަނީ މަދު ބައެއްގެ މައްސަލަތަކެކެވެ. މިމަައްސަލަ މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ނުބެލި ކައުންސިލް އިންތިޚާބު ގާތްވުމުން ރައްޔިތުން އެވާހަކަ ދައްކަމުންދާތީ އެމްޑީޕީގެ ޗެއާޕާސަން ލަތީފް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބަލައި އެވައްކަމުގައި ޝާމިލުވި އެންމެހާ ފަރާތްތައް އިންސާފުގެ ކުރިމަށްޗަށް ހާޒިރު ކުރެވޭނެކަމަށް އަދިވެސް އުންމީދު ނަގާ ނުލާކަމަށެވެ. އެކަން މިސަރުކާރަށް ނުކުރެވިގޮސްދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، މިސަރުކާރުން މިވައްކަމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ އުންމީދު ބޮޑުކަމަށް ހަސަން ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ ގެ މައްސަލަތައް ބަލައި އެވައްކަމާއި، ޚިޔާނާތުގައި ހިމެނުނު ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ އުންމީދު އަޅުގަނޑު އަދި ނަގައެއް ނުލާނަން. އެކަން މިސަރުކާރަށް ކުރެވޭނެ.
– ހަސަން ލަތީފް ވިދާޅުވިއެވެ.
#MMPRC ge massalathah balai evakkama khiyanathuga himenunu faraaiythah insaafuge kurimachchah gennane kamuge ummeedhu Alhugandu adhi nagaeh nulaanan. Ekan mi Sarukaarah kureveyne. @MDPSecretariat #RahvehiFathis #Agenda19#JazeeraRaajje pic.twitter.com/VU1IljeSsk
— Hassan Latheef? (@HassanLatheef) March 12, 2021
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުންހުރި 70،000އަށްވުރެ ގިނަ މެސެޖު ލިބިވަޑައިގެންފައި ވާކަމަށާ އެމެސެޖްތައް ޢާންމުކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައިވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި މިހާތަނަށް ޝަރީއަތް ހިންގައި ހުކުމްކުރެވިފައިވަނީ ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބްރައީސް އަހުމަދު އަދީބުގެ މައްޗަށެވެ.
ކޮމެންޓު ފޮނުވާ