އަނިޔާގެ ސަބަބުން އާސެނަލްއާއި ދެކޮޅަށް ޑިބްރޭނާ ނުކުޅޭނެ

އަނިޔާގެ ސަބަބުން އާސެނަލްއާއި ދެކޮޅަށް ޑިބްރޭނާ ނުކުޅޭނެ

Author
އިބްރާހީމް ސާޢިދު
16 އޮކްޓޯބަރ 2020 08:59
0

ބެލްޖިއަމަށް ކުޅެނިކޮށް އަނިޔާވި ކެވިން ޑިބްރޭނާ މާދަމާރޭ ލީގުގައި މެންޗެސްޓާ ސިޓީން އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅޭނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މެޗެގު ކުރިން ވާހަކަދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވަނީ ޑިބްރޭނާއަށް ވެފައި ވަނީ ސީރިއަސް އަނިޔާއެއް ނޫން ނަމަވެސް، ކުރިއަށް އޮތް މެޗުގައި އޭނާ ނުފެންނާނެ ކަމަށެވެ.

މިދިޔަ ސީޒަނުގައި އަނިޔާވި އާޖެންޓީނާގެ ފޯވަޑް ސާޖިއޯ އަގުއޭރޯ ވަނީ މިހާރު އަނިޔާއިން ރަނގަޅުވެ ސިޓީގެ ޓީމާއެކު ފަރިތަކުރުންތަކަށް ނުކުމެފައެވެ. އާސެނަަލްއާ ދެކޮޅަށް ކުޅޭ މެޗުގައި އަގުއޭރޯ ފެންނާނެކަމަށް މީޑިޔާރިޕޯޓްތައް ބުނެއެވެ. މިއީ ގާޑިޔޯލާއަށް ލިބޭނެ ހިތްހަމަޖެހުމެއްކަމަށް ބެލެވެއެވެ.

ޑިބްރޭނާއަށް ވަނީ އަނިޔާވެފައި، ޑިބްރޭނާގެ އަނިޔާ ސީރިއަސް ކަމަކަށް ނުބެލެވޭ، އާސެނަލްއާ ދެކޮޅަށް ނުފެންނާނެ ކަމަށް ބެލެވެނީ.

– ގާޑިއޯލާ

ސިޓީން ކުރިއަށް އޮތް ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕްރިމިއާ ލީގުގެ ހަތަރު މެޗާއި ޗެމްޕިއަންސް ލީގުގެ ތިން މެޗު ކުޅެނޭއެވެ. މިވަގުތު ސިޓީ އޮތީ 4 ޕޮއިންޓާއެކު ލީގު ތާވަލުގެ 14 ވަނައިގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.