ކަރަންޓީން ނުވެ ކެމްޕެއިނަށް ރަށްރަށަށް ދެވޭގޮތަށް އުސޫލަށް ބަދަލުގެސްފިއެވެ.
ކަރަންޓީނުވުމަކާ ނުލާ ރަށްރަށަށް ދަތުރު ކުރާ ފަރާތްތަކުން 5 ދުވަހަށް ވުރެ ދިގުނުވާނެ ގޮތަކަށް ރަށްރަށަށް ދަތުރު ކުރެވޭ ގޮތަށް ވަނީ ގައިޑްލައިނށް ބަދަލު ގެނެސްފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ކަނޑައަޅާ މީހުން ތާއީދު ހޯދުމަށް ކެމްޕޭން ކުރުމަށް ކޮމިއުނިޓީ ސްޕްރެޑް އޮތްރަށަކުން/ގެސްޓް ހައުސް ހިންގާ ރަށަކުން/ރިސޯޓަކުން، ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށަކަށް ކަރަންޓީނުވުމަކާ ނުލާ ކުރުމުއްދަތަށް ) 5ދުވަހަށްވުރެ ދިގުނޫން ( ދަތުރުކުރުމުގައި ގައިޑްލައިންގައި ބަޔާންކުރެވިފައިވާ ގޮތަށް ޢަމަލު ކުރަންވާނެ ކަމަށެވެ. މި ދަތުރުގައި ކެންޑިޑޭޓާއެކުގައި ނުވަތަ ކެންޑިޑޭޓް ކަނޑައަޅާ 5 މީހުނަށްވުރެ އިތުރުނުވާ ޢަދަދަކަށް މީހުން ބައިވެރިކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
އަދި ދުވަހަށްވުރެ ގިނަ މުއްދަތަށް ދަތުރުކުރާނަމަ 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާންޖެހޭނެކަމަށާއި، އަދި ކަރަންޓީނުވުމުގެ އުސޫލާ އެއްގޮތަށް ޢަމަލު ކުރަންވާނެކަމަށްވެސް ބުނެފައިވެއެވެ.
ދަތުރުކުރުމަށް ހުއްދަ ހޯދުމާއި ހުއްދަ ދިނުމުގައި ޢަމަލުކުރާނެ ގޮތަށް ބަލައިރު ދަތުރުކުރުމުގެ ކުރިން ކެންޑިޑޭޓުން އަދި ކެންޑިޑޭޓުންގެ ފަރާތުން ދަތުރުކުރާ މީހުން އެކަމަށް ހުއްދަ ހޯދަންޖެހެއެވެ. އުޞޫލުގެ ދަށުން ދަތުރުކުރެވޭނީ ދަތުރުކުރާދުވަހުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީ.ސީ.އާރ ޓެސްޓުގެ ނެގެޓިވް ނަތީޖާ އޮވެގެން ކަމަށްވެސް އުސޫލުގައި ވެއެވެ.
ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ޢަމަލު ކުރަންޖެހޭ ގޮތް އެޗް.ޕީ.އޭއ އަށް އީމެއިލުން ދީފައިވާ ހުއްދަ ރަށަށް ފުރުމުގެ ކުރިން ކައުންސިލާ ހިއްސާ ކުރަންޖެހެއެވެ. އަދި ދަތުރުކުރާ މީހާ/މީހުން ރައްކާތެރިކަމާއެކުގައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، ދަތުރުކުރަން ފަށަންވާނީ ދަތުރުކުރުމުގެ ހުއްދަ ލިބުމަށްފަހުގައިކަމަށްވެސް ގައިޑްލައިންގައި ވެއެވެ.
ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކާއި ހަފްލާތަކާއި އެކި ހަރަކާތްތައް ބޭއްވުމުގައި/ބައިވެރިވުމުގައި ޢަމަލު ކުރަންޖެހޭ ގޮތްތަކުގެ ގޮތުގައި ގައިޑްލައިންގައި ކަނޑައަޅާފައިވަނީ ރަށްރަށަށް ކެމްޕެއިނަށްދާ ޓީމުތަކުން ޑޯޓުޑޯ ކުރިއަށް ނުގެންދިއުމަށާއި، ޖަލްސާ ބާއްވާނަމަ ހާމަކަން ބޮޑު ތަނެއްގައި ވީހާވެސް ކުޑަ ވަގުތެއް ހޭދަވާނޭ ގޮތަކަށް ބައްދަލުވުން ބޭއްވުމަށް ވަނީ ކަނޑައަޅާފައެެވެ.
ލޯކަލް ކައުންސިލް އިންތިޚާބާިއ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ އިންތިޚާބު އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަނުން ތައްޔާރުވަމުންދާއިރު، ޤާނޫނު ބުނާ ގޮތުން ކެމްޕެއިނަށް 28 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ. އަދި އެ ކެމްޕެއިންގައި ހަމަހަމަ ކަމާއިއެކު ކެމްޕެއިން ފުރުސަތު ދޭންޖެހޭނެކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ