ސިންގަޕޯރ އެއަރލައިންސް އިން ހިދުމަތަށް ނެރެފައިވާ ނެރޯބޮޑީ ފްލައިޓްއެއް

30 އަހަރު ފަހުން ސިންގަޕޯރ އެއަރލައިނުން ނެރޯބޮޑީ ފްލައިޓް އޮޕަރޭޝަނަށް!

30 އަހަރު ފަހުން ސިންގަޕޯރ އެއަރލައިނުން ނެރޯބޮޑީ ފްލައިޓް އޮޕަރޭޝަނަށް!

30 އަހަރަށްވުރެ ދިގުމުއްދަތެއްގެ މެދުކެނޑުުމަކަށްފަހު ސިންގަޕޯރ އެއަރލައިސް އިން ސައިޒުން ކުޑަ ފްލައިޓް އޮޕަރޭޝަންގައި ބޭނުން ކުރަން ފަށައިފިއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވެފައި ވާ ކޮރޯނާގެ ބަލިމަޑުކަމުގެ ތެރެއިން ބޮޑެތި ބޮޑެތި ވިޔަފާރިތަކާއި ކުންފުނިތަކާއި ގައުމުތަކުންވެސް ހަރަދު ކުޑަކުރެވޭނެ ގޮތްތަށް ގެންދަނީ ބަލަމުންނެވެ. އެގޮތުން ފާހަގަކޮށްލެވުނު އެއް ކަމަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ކުރީގައި ގުނާލެވޭ އެއަރލައިން ސިންގަޕޯރ އެއަލައިންސްގެ ހިދުމަތަށް 30 އަހަރަށްވުރެ ގިނަ ދުވަސް ފަހުން ނެރޯ ބޮޑީ ނުވަތަ ސައިޒުން ކުދި ފްލައިޓް ނެރުމެވެ.

އެ އެއަރލަިއންގެ ނެރޯބޮޑީ ފްލައިޓް ބޮއިން 737ގެ ފުރަތަމަ ދަތުރު މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައި ވަނީ ސިންގަޕޫރުން ތައިލޭންޑްގެ ޕުކެޓަށެވެ. ސިންގަޕޯރ އެއާލައިންސްގެ ފްލީޓްގައި މިހާތަނަށް ބޭނުންކުރަމުން އައީ މުޅިންވެސް ވައިޑް ބޮޑީ އެއަރކްރާފްޓް ތަކެވެ. އޭގެ ތެރޭގައި އެރަބަސް އޭ330 އިން ފެށިގެން އޭ380 އާހަމައަށް ހިމެނެއެވެ. މީގެ އިތުރުން ބޮއިންގެ 777 އަދި 787 ފްލައިޓްތަށް ހިމެނެއެވެ. އެންމެ ކުޑަ ފްލައިޓަކަށް އެއެއަރލައިންގެ ފްލީޓްގައި ހުރީ 747ގެ ފްލައިޓް ތަކެކެވެ. އެ ފްލައިޓްތައް ވެސް ބޭނުންކުރަނީ ކާގޯ އުފުލުމަށް އެކަންޏެވެ.

1986ގެ ފަހުން ފަސެންޖަރުން އުފުލުމަށް އެ އެއަރލައިނުން ބޭނުންކުރަން ފަށާފައިވާ 737 ފްލައިޓްތަކަކީ ސިންގަޕޯރ އެއަރލައިންސްގެ ދަށުން ހިންގާ ބަޖެޓް އެއަރލައިންއެއް ކަމަށްވާ ސިލްކް އެއަރ ގައި ބޭނުންކުރާ ފްލައިޓް ތަކެކެވެ. ނަމަވެސް ސިންގަޕޯރ އެއަރލައިނުން ވަނީ އޮޕްރޭޝަންގައި ބޭނުންކުރަން ފެށުމުގެ ކުރިން އެމީހުންގެ ސްޓޭންޑަޑަށް ފްލައިޓްތަށް އަޕްގްރޭޑް ކޮށްފައެވެ. އަދި ސިންގަޕޯރ އެއަރލައިންސްގެ ބޮޑެތި ފްލައިޓްތަކުންވެސް ލިބޭފަދަ ޚިދުމަތް މި ފްލައިޓް އިންވެސް ލިބޭނެކަމަށް އެ އެއަރލައިނުން ހާމަކުރެއެވެ.

ސިންގަޕޯރ އެއަރލައިނުން އޮޕަރޭޝަނަށް ނެރެފައިވާ ބޮއިން 737-800 ފްލައިޓްގައި ބިޒްނަސް ކްލާސްގައި12 ޖާގަ އަދި އިކޮނޮމީ ކްލާސްގައި150 ޖާގަ ހިމެނޭނެއެވެ. މި މަރުކާގެ ބޯޓެއް އެންމެ ފަހުން އެ އެއަރލައިންގެ އާންމު އުދުހުންތަކުގައި ބޭނުންކުރީ މީގެ 35 އަހަރު ކުރިންނެވެ.

ސިންގަޕޯރ އެއަރލައިންސް އިން ހިދުމަތަށް ނެރެފައިވާ ނެރޯބޮޑީ ފްލައިޓްއެއް

ތައިލޭންޑްގެ އިތުރުން މި މަރުކާގެ ފްލައިޓްގައި ސިންގަޕޯރ އެއަރލައިނުން މިހާތަނަށް ދަތުރުތައް ފަށާފައިވަނީ ޗައިނާގެ ޗޮންގޗިން އަށެވެ. އަދި މިމަހުގެ 15 ވަނަދުވަހު ބުރޫނާއީ އަށާއި 17 ވަނަ ދުވަހު ކެމްބޯޑިއާއަށް ވެސް ދަތުރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިމަހުގެ30 ވަނަ ދުވަހުން ފެށިގެން މި މަރުކާގެ ފްލައިޓްތަކުގެ ދަތުރު ދިވެހިރާއްޖެއަށް ފެށުމަށްވެސް އެ އެއަރލައިނުން މިހާރު ވަނީ ތައްޔާރުވެފައެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ދަތުރުތައް ހުއްޓާލިފަހުން ސިންގަޕޯރ އެއަރ ލައިނުން އަދި މިހާތަނަށް ރާއްޖެއަށް ދަތުރުތައް ފަށާފައެއް ނުވެއެވެ. ނަމަވެސް އެ އެއަރލައިންގެ ދަށުން ހިންގަމުންގެންދާ ސިލްކް އެއަރގެ ދަތުރުތައް ރާއްޖެއަށް ވަނީ ފަށާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *