އާ ހިންގާ ކޮމެޓީން ކުރިކެޓް ބޯޑު ހިންގުމާ ހަވާލުވެއްޖެ

އާ ހިންގާ ކޮމެޓީން ކުރިކެޓް ބޯޑު ހިންގުމާ ހަވާލުވެއްޖެ

ގުޅުންހުރި

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ގެ އަލަށް އިންތިހާބުވި ހިންގާ ކޮމިޓީން ބޯޑު ހިންގުމާއި ހަވާލުވެއްޖެއެވެ.

އާ ބޯޑު ހިންގުމާއި ހަވާލުވުމަށްފަހު މިއަދު ވަނީ އެ ބޯޑުގެ އެގްޒެގެޓިވް ކޮމިޓީ (އެކްސްކޯ) ގެ ބައްދަލުވުމެއް ބާއްވާފައެވެ.

އެކްސްކޯ އާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އިންތިހާބު ބޭއްވުމާއި، މިއަދާއި ހަމައަށް ކުރެވިފައިވާ ކަންކަމުގެ މައްޗަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އާ ރައީސް މުހައްމަދު ފައިސަލް އަލިއަޅުވާލިއެވެ. އެގޮތުން ކްރިކެޓުގެ އެކިއެކި ކަންކަމާއި ގުޅޭގޮތުން ހެދިފައިވާ އެސެސްމެންޓްތަކާއި ގުޅިގެން ދެން ކުރިޔަށްދާނެ ގޮތްތަކާއި ގުޅޭގޮތުން ހިޔާލު ބަދަލުކުރެވުނެވެ. ކޮމިޓީ ބައްދަލުވުންތައް ކުރިޔަށްގެންދާނެ ގޮތަކާއި، މިވަގުތަށް އިސްކަންދީގެން ކުރަން ހުރި ކަންކަމުގެ މައްޗަށް ވާހަކަ ދެކެވުނެވެ.

މި ބައްދަލުވުމުގައި ގުޅިގެން ނަތީޖާ ހާސިލުކުރުމަށްޓަކައި މަސައްކަތް ކުރުމަށް ބާރު އަޅާ، ކްރިކެޓް ކުޅުންތެރިންނާއި، ކުލަބުތަކާއި، ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާއި ގުޅިގެން މަސައްކަތްތައް ބައްޓަން ކުރުމަށް އެދިވަޑައިގަތެެވެ. އަދި ފާއިތުވި ދައުރުގެ ރައީސްއަށާއި، ހިންގާ ކޮމިޓީ މެމްބަރުން ކްރިކެޓް ކުރިއެރުވުމަށްޓަކައި ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.

މާލޭ ސްޕޯޓްސް އިން ކްރިކެޓް ބޯޑުގެ ރައީސްކަމަށް ފައިސަލް އިންތިހާބުވެވަޑައިގެންނެވީ އިތުރު ކެންޑިޑޭޓެއް ނެތުމުން ނެގި ފެންނަ ނުފެންނަ ވޯޓުގައި 16 މެންބަރުންގެ ތާއީދާއެކުގައެވެ. ނައިބު ރައީސަކަށް އިންތިޚާބުވެ ވަޑައިގަތީ އަޙްމަދު ހުސެއިން (ކުޑަދޮނާ) އެވެ. އާ ބޯޑު އިންތިހާބުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ގައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ