އިޓާލިއަން ލީގުގައި މިމަހުގެ ހަތަރުވަނަ ދުވަހު ނާޕޯލީއާ ޔުވެންޓަސް ކުޅެން އޮތް މެޗަށް ނާޕޯލީގެ ޓިމުން ހާޒިރުނުވުމުން އިޓާލިއަން ސެރިއާ އިން ނާޕޮލީ މެޗުން ބަލިވިކަމަށް ނިންމާ އެއް ޕޮއިންޓް އުނިކޮށްފިއެވެ.
ނާޕޯލީއަށް މެޗަށް ހާޒިރުނުވެވުނީ އެޓީމުގެ ދެ ކުޅުންތެރިއެއްގެ އިތުރުން އެއް ކޯޗިންގް ސްޓާފް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އިޓަލީގެ ޓުރިން އަށް އެތެރެވުމަށް އެ ސިޓީގެ ސިއްހީ އިދާރާތަކުން ހުރަސް އެޅުމާއި ގުޅިގެންނެވެ.
މި ނިންމުމާއެކު ނާޕޯލީން ވަނީ ކޯޓް އޮފް އާބިޓްރޭޝަން އަދި އިޓަލީގެ ކުޅިވަރާ ބެހޭ އެންމެ މަތީ ފަރާތް ނޭޝަނަލް އޮލިމްޕިކްސް ކޮމިޓީ އޮފް އިޓަލީ (ކޯނީ) އަށް މި މައްސަލަ ހުށަހަޅާނެކަމަށް ބުނެފައެވެ.
މި ނިންމުމާއެކު އިޓާލިއަން ސެރިއާގަ ކުޅުނު 3 މެޗުން ލިބުނު 7 ޕޮއިންޓާއެކު ޔުވެންޓަސް ތާވަލުގެ ހަތަރުވަނައިގައި އޮތްއިރު ތިން މެޗުން ލިބުނު 5 ޕޮއިންޓާއެކު ނާޕޯލީ ވަނީ ތާވަލުގެ އަށްވަނަ އަށް ވެއްޓިފަ އެވެ. ދެ މެޗުން މޮޅުވެ 6 ޕޮއިންޓް ލިބުނު ނަމަވެސް އުނިކުރި ޕޮއިންޓުގެ ސަބަބުން އެޓީމަށް ލިބިގެންދަނީ 5 ޕޮއިންޓެވެ.