ކޯވިޑް19 ގައި ދުނިޔެއިން މަރުވި މީހުންގެ އަދަދު 2.5 މިލިއަނަށް އަރައިފި

ކޯވިޑް19 ގައި ދުނިޔެއިން މަރުވި މީހުންގެ އަދަދު 2.5 މިލިއަނަށް އަރައިފި

Author
ހުސެއިން
25 ފެބްރުއަރީ 2021 11:04
0

ކޯވިޑް19 އަށް ޕޮޒިޓިވް ވެގެން، ދުނިޔެއިން މަރުވެފައިވާ މީހުންގެ އަދަދު 2.5 މިލިއަނަށް އަރާފައިވާ ކަމަށް، އެމެރިކާގެ ޖޯން ހޮޕްކިންސް ޔުނިވާރސިޓީން އާންމު ކޮށްފައިވާ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.

ޖޯން ހޮޕްކިންސް ޔުނިވަރސިޓީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މީގެ އަހަރެއްކުރިން ޗައިނާގެ ވޫހާން ސިޓީން އެންމެ ފުރަތަމަ ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނުނު ދުވަހުން ފެށިގެން މިހާތަނަށް މަދުވެގެން ދުނިޔެއިން  2,500,770 މީހުން މިބަލީގައި މަރުވެފައި ވެއެވެ.

ކޯވިޑް19ގައި ދުނިޔެއިން މަރުވެފައިވާ މީހުންގެ އަދަދު 2 މިލިއަނަށް އަރާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

މިބަލީގައި ދުނިޔެއިން 2.5 މިލިއަން މީހުން މަރުވެފައި ވާއިރު، އެއްގައުމަކުން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ އެމެރިކާގައެވެ. އެއަށްފަހު، ބްރެޒިލް، މެކްސިކޯ، އިންޑިއާ އަދި އިގިރޭސިވިލާތުގައެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިހިގާ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު، އެމެރިކާގައި މިބަލީގައި މަރުގެން ގޮސްފައިވާ މީހުންގެ އަދަދުވަނީ 500،000 އަށް އަރާފައެވެ. އަދި މިއަދާ ހަމައަށް 112,716,833 މީހުން މިބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް އެ ޔުނިވަސިޓީގެ ހިސާބުތަކުން ދައްކައެވެ.

ކޯވިޑް ބައްޔާ ދެކޮޅަށް މުޅި ދުނިޔެ ކުރަމުންދާ ހަގުރާމާގައި، މިހާރުވަނީ ދުނިޔޭގެ 5 ގައުމެއްގައި ކޯވިޑް19އާއި ދެކޮޅަށް ދޭނެ ވެކްސިްނ އީޖާދުކޮށްފައެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރުދަނީ ވެކްސިން ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.