ތިލަފުށީ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

ތިލަފުށީ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

Author
ޢަލީ އާދަމް
25 ފެބްރުއަރީ 2021 10:19
0

ކ. ތިލަފުށީ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން،އެޗްޑީސީން ފަށައިފިއެވެ.

މި މަސައްކަތް ކުރަމުންދަނީ ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑުން ނެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 6 މަހާއި 12 މަސް ދުވަހުގެ މުއްދަތެއް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް އެޗްޑީސީން ބުނެއެވެ. ލިއޯ ކުންފުންޏާ ހަވާލުކޮށްފައިވަނީ ހަމައެކަނި މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ކަމަށް އެޗްޑީސީން ބުނެއެވެ.

އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށެއްގެ ގޮތުގައި އޮތް ތިލަފުށިގެ މަގުތަކަކީ އާންމުކޮށް ބަރު އުޅަނދު ފަހަރު ދުއްވާ މަގުތަކަކަށް ވުމުން ވަރަށް މީގެ ކުރިން އެ މަގުތަށް އޮތީ ބޭނުންކުރަން އުނދަގޫ އަޑިގުޑަން މަގުތަކެއްގެ ގޮތުގައެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މުވައްޒަފުންނާއި މުދަލާއި ތަކެތި އެޗްޑީސީގެ ދަށަށް ބަދަލު ކޮށް ދެކުންފުނި ވަނީ އެއްކޮށްލާފަ އެވެ. އެއާއެކު ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓަރ މާލޭ އޭރިޔާ ތަރައްޤީކުރަން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މިހާރު ބަލަހައްޓަންޖެހޭ ފަރާތަކީ އެޗްޑީސީ އެވެ.

ހުޅުމާލެ، ތިލަފުށި، ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓާ މާލޭ އޭރިއާ ތަރައްގީ ކުރަން ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް މިހާރު ހިނގަމުންދާނީ އެޗްޑީސީގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.