ލުކާކޫގެ ދެލަނޑާ އެކު ބެލްޖިއަމް އަލުން އެއްވަނައަށް

ލުކާކޫގެ ދެލަނޑާ އެކު ބެލްޖިއަމް އަލުން އެއްވަނައަށް

ގުޅުންހުރި

ނޭޝަންސްލީގު ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމް މޮޅުވެ ގުރޫޕްގެ އެއްވަނަ އަލުން ކަށަވަރު ކޮށްފިއެވެ.

ރޮމަލޫ ލުކާކުގެ ދެލަނޑާއެކު ބެލްޖިއަމް އައިސްލޭންޑުގެ މައްޗަށްކުރިހޯދީ 1-2 ލަނޑުންނެވެ. މުޗުގައި ޖެހި ހުރިހާ ލަޑެއްވެސް ފުރަތަމަ ހާފްގައި ފެނިގެން ދިޔައިރު އައިސްލޭންޑްގެ ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ މާކް ސައިވާސަންއެވެ. ބެލްޖިއަމްގެ ދެ ލަޑުވެސް ކާމިޔާބް ކޮށްދިނީ ލުކާކޫއެވެ. މި ދެލަނޑާއެކު ލުކާކޫ ބެލްޖިއަމްއަށް ކާމިޔާބުކޮއްދިން ލަނޑު އަދަދުވަނީ 55 އަށް އަރާފައެވެ.

ރޭގައި މިގުރޫޕްގައި ކުޅުނު މެޗު ޑެންމާކް އަތުން ބަލިވެ އިންގްލެންޑަށް ވަނީ އެއްވަނަ މަގާމް ގެއްލިފަ އެވެ. އިނގިރޭސިވިލާތުގެ ވެންބްލީގަ ކުޅުނު މެޗު އިންގްލޭންޑް މައްޗަށް ޑެންމާކްއިން ކުރި ހޯދީ 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަހާފްގައި 35 މިނިޓްގެ ލިބުނު ޕެނެލްޓީއަކުން ކާމިޔާބު ކޮއްދިނީ އިންޓަމިލާންގެ ކްރިސްޓިއަން އެރިކްސަންއެވެ. އެރިކްސަން މި ލަނޑު ކާމިޔާބުކުރުމުގެ ހަތަރު މިނިޓު ކުރިން އިނގިރޭސި ޑިފެންޑަރަ ހެރީ މެގުއެރީއަށް ދެރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މީއީ 2009 ވަނައަހަރުފަހުން މެޗުގެ މިހާ ކުރީބައިގަ ރަތްކާޑު ދައްކާ އިންގްލޭންޑް ކުޅުންތެރިޔަކު ދަނޑުން ފޮނުވާލި ފުރަތަމަފަހަރުއެވެ.

މި މެޗުން ބަލުވުމާއެކު އިންގްލެންޑް ވަނީ ގުރޫޕްގެ އެއްވަނަ ގެއްލި ތިންވަނަ އަށް ވެއްޓިފައެވެ. މި ނަތީޖާއެކު ގުރޫޕްގެ އެއްވަނަ ބެލްޖިއަމްއަށް ލިބެނީ 09 ޕޮއިންޓާއެކުއެވެ. ރޭގައި ހޯދި މޮޅާއެކު ޑެންމާކުން ގުރޫޕްގެ ދެވަނަ އަށް ކުރިޔަށް ޖެހިލީ އިންގްލޭންޑް އަށްވުރެ ފައިދާ އެއްގޯލް އިތުރަށް ހޯދައިގެން 7 ޕޮއިންޓާއެކުއެވެ. ހަތަރު މެޗުން ބަލިވެފަވާ އައިސްލޭންޑް ވަނީ ލީގުބީ އަށް ރެލިގޭޓްވެފަ. ނޭޝަންސް ލީގުގެ ފައިނަލު ބުރަށް ކޮލިފައިވާނީ ލީގުއޭގެ ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ