އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ބަނދަރާއި ސަރވިސް ޑޮކްޔާޑެއް ތަރައްޤީކުރަން ސޮއިކޮށްފި

އުތުރު ތިލަފަޅުގައި ކޯސްޓްގާޑް ބަނދަރާއި ސަރވިސް ޑޮކްޔާޑެއް ތަރައްޤީކުރަން ސޮއިކޮށްފި

Author
މުޙައްމަދު ޖިމީ
21 ފެބްރުއަރީ 2021 12:11
0

އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު ރާއްޖެއިން ސޮއިކޮށްފިއެވެ.
މިމިއެއްބަސްވުމުގައި ރާއްޖޭގެ ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ.ސުބްރަމަނިއަމް ޖައިޝަންކަރްއެވެ.

ކޯސްޓްގާޑް ބަނދަރާއި ޑޯކްޔާޑް ތަރައްޤީކުރަނީ މާލެ އަތޮޅު އުތުރު ތިލަފަޅުގައެވެ. އުތުރު ތިލަފަޅުގެ "ސިފަވަރު"ގައި ތަރައްޤީކުރާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ، 2016 ވަނަ އަހަރުގެ އެޕްރީލްމަހު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދިވެހި ސަރުކާރާއެކު ސޮއިކުރެވުނު "ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން"ގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތުގެ ދަށުން އެކުލަވާލި އެއްބަސްވުމެކެވެ. މި މަސައްކަތުގެ ދަށުން އުތުރު ތިލަފަޅުގައި ޖެޓީއަކާއި، ހާބަރ ރިޕެއަރ ފެސިލިޓީ (އެޗް.އާރް.އެފް)، ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނިހެން ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، މުއާޞަލާތީ ވަސީލާތްތަކާއި ރާޑަރުގެ ޚިދުމަތްތައް ތަރައްޤީ ކުރުމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެއްބަސްވުމުގައިވާ ގޮތުގެ މަތިން، އިންޑިއާގެ ފަންނީ މާހިރުން، ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި، ޑޮކްޔާޑް އަދި ބަނދަރުގައި ޤާއިމުކޮށްފައިވާ އެކިއެކި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި 15 (އަހަރު ދުވަހުގެ މުއްދަތަކަށް އިންޑިއާއިން އެހީތެރި ވެދޭނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިޔައްތުގައި ވާހަކަދައްކަވަމުން ކޮމަޑާންޓް ކޯސްޓްގާޑް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ ކޯސްޓްގާޑްގެ ޚިދުމަތް ދިނުމުގައި މިހާރު ހުރި ގިނަ ދަތިތަކަކަށް މި މަޝްރޫޢުއާއެކު ޙައްލު ލިބިގެންދާނެކަމަށާއި، އެކަށީގެން ބަނދަރެއް ނެތުމުގެ ސަބަބުން، އެންމެ ބޭނުންވާ ފެންވަރުގެ ޚިދުމަތެއް ދިނުމުގައި ގޮންޖެހުންތައް ކުރިމަތިވާކަމަށެވެ. އެގޮތުން ބޮޑެތި އުޅަނތައް ތޮއްޓާ ކައިރިކުރެވޭނެ ގޮތެއް ނެތުމާއި ކަނޑުމަތީގައި އުޅަނދުތައް ބަހައްޓަން ޖެހުމުގެ ސަބަބުން މެއިންޓަނަންސްއ މައްސަލަ ދިމާވާ މިންވަރު އަވަސްކަން ފާހަގަކުރެއްވިއެވެ.

އޭނާ ޑޮކްޔާޑެއް ނެތުމުގެ ސަބަބުން މިހާރު އެމްއެންޑީއެފްގެ އުޅަނދުތައް މަރާމާތުކުރުމާއި ރީފިޓްކުރުމަށް ގެންދަނީ އިންޑިއާގެ ޑޮކްޔާޑަށެވެ. އަދި މިކަމަށް ބޮޑެތި ހޭދަތަކެއް ކޮންމެ އަހަރަކުވެސް ކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މިކަމުގެ ސަބަބުން ޚިދުމަތަށް ބުރޫއަރާ. އަދި އެކަނށީގެންވާ ބަނދަރެއް ނެތުމުގެ ސަބަބުން ހަދިސާއެއް ހިނގައިގެން އެ ތަނަކަށް ދާން ނަގާ ވަގުތުވެސް އެބަ އިތުރުވޭ.

– ކޮމަޑާންޓް ކޯސްޓްގާޑް ކާނަލް މުޙައްމަދު ސަލީމް

މި އެއްބަސްވުމުގެ ނަމަކީ "ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު"އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.