ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުންދާ ހުޅުމާލޭ ފިޔަވަތިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 36އަށް އަރައިފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯސީގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ފިޔަވަތިން ޕޮޒިޓިވްވި 36 މީހުންގެ ތެރޭގައި ހިމެނެނީ ފިޔަވަތީގައި މަސައްކަތްކުރާ 18 މުވައްޒަފަކާއި، 18 ކުދިން ކަމަށެވެ.
ފިޔަވަތިން ކޯވިޑް-19ގެ އެކްޓިވް ކޭސްތަކެއް ފެނުމާގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 72 މީހަކު ފާހަގަކުރެވިފައިވާއިރު އޭގެ ތެރޭގައި 19 މުވައްޒަފަކާއި، 53 ކުއްޖަކު ހިމެނޭކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ފިޔަވަތިން ކޯވިޑް-19ގެ ކޭސް ތަކެއް ފެނިފައިވަނީ މިދިޔަމަހުގެ 30ވަނަ ދުވަހުއެވެ. އެއާއެކު އެޗް.ޕީ.އޭގެ އިރުޝާދާއެކު، އެތަނުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ