ފެބްރުއަރީމަހު 7 ވަނަ ދަުވަހު ބަންގްލަދޭޝްގައި އާންމުކޮށް ކޯވިޑް ވެކްސިން ދޭން ފެށުނުފަހުން، މިހިގައިދިޔަ 1 ހަފްތާ ތެރޭގައި އެގައުމުގައި 900،000 މީހުންނަށް ކޯވިޑް19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފިއެވެ.
ބަންގްލާދޭޝަންގެ ޑިރެކްޓްރ ޖެނެރަލް އޮފް ހެލްތު ސާވިސްއިން މައުލޫމާތު ދީފައިވާ ގޮތުގައި މިހަފްތާގެ އާދީއްތަ ދުވަހު އެކަނިވެސް އެގައުމުގައި 169،000 މީހުންނަށް އެގައުމުގެ ހެލްތު ވޯކަރުންވަނީ ކޯވިޑް19 ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައެވެ.
ބަންގްލަދޭޝަގް ވެރިރަށް ޑާކާގައި ގާއިމްވެފައި ހުންނަ 47 ހޮސްޕިޓަލެއްގައި އާދީއްތަ ދުވަހު ވަނީ 23،000 ރައްޔިތުންނަށް ވެކްސިން ދީފައެވެ. އެއްދުވަހަކަށް އެންމެ ގިނަ އަދަދަކަށް ކޯވިޑް ވެކްސިން ދީފައިވަނީ ބަގަބަންދު ޝެއިޚް މުޖީބު މެޑިކަލް ޔުނިވާރސިޓީގައެވެ. މި ޔުނިވަރސިޓީގައި ދުވާލަކަށް 1،324 މީހުންނަށް ދަނީ ވެކްސިން ދެމުންނެވެ.
ބަންލަދޭޝަގް ސިޓީތަކުގައި މިހާތަނަށް ވެކްސިން ދެމުން ގޮސްފައިވާ ނިސްބަތަށް ބަލާއިރު، ވެރިރަށް ޑާކާގައި 45،914 މީހުންނަށް ވެކްސިން ދީފައިވާއިރު، މިމެންގ ސިޓީގައި 7،357 ޑޯޒް، ޗަޓޮގްރަމްގަ 39،703 ޑޯޒު، ރާޖްޝާހީގައި 18،965 ޑޯޒު، ރަންގޕޫރުގަ 15،218 ޑޯޒް، ޚުލްނާ ސިޓީގައި 19،802 ޑޯޒު، ބަރިޝާލްގަ 9،198 ޑޯޒު އަދި ޝިލެޓް ސިޓީގައި 13،196 ވެކްސިން ޑޯޒު މިހާތަނަށް ދީފައި ވެއެވެ.
އަދި ބަންގްލާދޭޝްގައި ފުޅާ ދާއިރާއެއްގައި އާންމުކޮށް ވެކްސިން ދޭން ފަށާފައިވާއިރު، މިހާތަނަށް ވެކްސިންގެ ސައިޑް އިފެކްޓްތައް ފެނިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ އެންމެ 426 މީހުންނެވެ.
ބަންގްލާދޭޝަގައި ދެމުންދަނީ އިންޑިއާއިން އެގައުމަށް ހިލޭ ފޯރުކޮށްދީފައިވާ، އެގައުމުގެ ސީރަމް އިންސްޓިޓިއުޓުން ތައްޔާރު ކޮށްފައިވާ އޮކްސްފޯޑް ޔުނިވަރސިޓީ-އެސްޓްރާޒެނެކާ ވެކްސިންގެ ޑޯޒުތަކެވެ. ބަންގްލާދޭޝް ސަރުކާރުން ވަނީ އެގައުމުގެ 130 މިލިއަން މީހުންގެ އާބާދީއަށް ހިލޭ ވެކްސިން ފޯރުކޮށްދިނުމަށް ނިންމާފައެވެ. އަދި އެގައުގެ ސަރުކާރުން އަމާޒު ކޮށްފައިވަނީ، ވެކްސިން ދޭން ފަށާފައިވާ ފުރަތަމަ މަހު އެކަނިވެސް، 3.5 މިލިއަން މީހުންނަށް ވެކްސިން ފޯރުކޮށްދިނުމަށެވެ.
އެހެންނަމަވެސް، މިވަގުތު ބަންގްލަދޭޝްގައި ރައްކާކުރެވިފައި ހުރީ 7 މިލިއަން ޑޯޒުގެ ވެކްސިނެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއާ ސަރުކާރުން ހަދިޔާ ކޮށްފައިވާ 2 މިލިއަން ޑޯޒާއި އަދި 30 މިލިއަން ޑޯޒްގެ ވެކްސިން ގަތުމަށް ބަންގްލާދޭޝް ސަރުކާރުން ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން ފޯރުކޮށްދީފައިވާ 5 މިލިއަން ޑޯޒްގެ ވެކްސިނެވެ.
ބަންގްލާދޭޝްގެ ސަރުކާރުން ވެކްސިން ޕްރޮގްރާމް ފަށާފައިވަނީ، އެގައުމުގެ ރައްޔިތުނަސް ވެކްސިން ޖެހުމަށް 1،015 ހޮސްޕިޓަލް ތައްޔާރު ކުރުމަށްފަހުގައެވެ. އަދި މި ހޮސްޕިޓަލްތަކުގައި ވެކްސިން ދިނުމަށް ޖުމްލަ 7،344 ޓީމަކުން ހަރަކާތްތެރި ވަމުން ދާނެއެވެ.
ބަންގްލާދޭޝަންގެ ޑިރެކްޓްރ ޖެނެރަލް އޮފް ހެލްތު ސާވިސްއިން މައުލޫމާތު ދީފައވާ ގޮތުގައި، ދުވާލަކަށް 30،000 ވެކްސިން ދިނުމުގެ ގާބިލްކަން އެގައުމުގެ ހެލްތު ސެކްޓަރގައި އެބަހުއްޓެވެ.
ބަންގަލާދޭޝްގައި މިހާތަނަށް އައިރު، 541،000 މީހުން ކޯވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، 8،274 މީހުން އަގައުމުގައި ވަނީ މިބަލީގައި މަރުވެގެން ގޮސްފައެވެ.
ކޮމެންޓު ފޮނުވާ