ޕްރިޔަންކާގެ ފޮތުން ނިކަށް އެންމެ ކަމުދަނީ ކުރީގެ ލޯބިވެރިންގެ ވާހަކަތަށް!

ޕްރިޔަންކާގެ ފޮތުން ނިކަށް އެންމެ ކަމުދަނީ ކުރީގެ ލޯބިވެރިންގެ ވާހަކަތަށް!

ޕްރިޔަންކާ އޭނާގެ ހަޔާތާ ބެހޭގޮތުން ލިޔުނު ފޮތް "ދަ އަންފިނިޝްޑް" އަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

މިއީ އޭނާގެ އުމުރުން 20-30 ގެ އަހަރުތަކުގައި ހިނގާފައިވާ ކަންތައްތަކާއި ބެހޭގޮތުން ލިޔެފައިވާ ފޮތެކެވެ. އެގޮތުން ޕްރިޔަންކާ ލިޔެފައިވާ ގޮތުގައި އޭނާގެ ޅަ އުމުރުގައި "ވޮންޑަފުލް" މީހުންނާއި ދިމާވިއެވެ. އަދި ބައެއް ފަހަރަށް މި ގުޅުން އަހަރަކަށް ވުރެވެސް ގިނަދުވަހު ދެމި އޮވެއެވެ. އެހެންނަމަވެސް އެންމެ ފަހު ވަގުތުގައި އެ މީހުން އޭނާ ދޫކޮށްލާފައި ދަނީއެވެ. އޭގެ ސަބަބުން އޭނާ "އެކްސޯސްޓް" ނުވަތަ ވަރުބަލި ވީކަމަށްވެސް ފޮތުގައި ލިޔެފައި ވެއެވެ.

މީގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭ އެއް "ބްރޭކައަޕް" އެއްގެ ވާހަކަ ޕްރިޔަންކާ މި ފޮތުގައި ހިމަނާފައިވެއެވެ. އަދި ހަޔާތުގައި އެތަކެއ ްފަހަރު އެކަނިވެރިކަމާއި ހިތްދަތިކަން އިހުސާސްކޮށްފައި ވާނެކަމަށް ލިޔެފައިވެއެވެ. އަދި މިވާހަކަތައް އެހެންމީހަކާއި ހިއްސާނުކުރުމުގެ ސަބަބުން މީގެ އެއްވެސް ކަމެއެއް އެއްވެސް މީހަކަށް ވިސްނާވެސް ނުލެވޭކަމަށްވެސް އޭނާ ލިޔެފައިވެއެވެ.

2018 ވަނަ އަހަރު ޕްރިޔަންކާ ނިކް ޖޯނަސްއާ ކައިވެނި ކޮށްފައިވަނީ ޖޮދްޕޫރްގެ ބަވަން ޕެލެސްގައެވެ. ޕްރިޔަންކާގެ ފޮތާ ބެހޭގޮތުން ނިކްވެސް ވާހަކަ ދައްކާފައިވެއެވެ.

"މި ވާހަކަތައް، ކުރީގެ ލޯބީގެ ހަޔާތުގެ ވާހަކަތައް، މަދަރުސާގައި އުޅުނު އިރުގެ ކްރަޝްގެ ވާހަކަތައް، މި ހުރިހާ ވާހަކައެއް އަހަރުމެން ކުރިން ދައްކާފައިވާނީ، އެކަމަކު ފޮތަކުން މިގޮތަަށް މި ވާހަކަތަށް ކިޔުމުން ކުޑަކޮށް މަޖާ، މި ފޮތުން އަހަރެންނަށް އެންމެ ކަމުދަނީވެސް އެބައިތަށް"

– ޓްވީޓާގައި ޕްރިޔަންކާ އާންމުކޮށްފައިވާ ވީޑިއޯއެއްގައި ނިކް ބުނެފައިވެއެވެ

 މި ފޮތުގައި ޕްރިޔަންކާވަނީ އޭނާ ސްކޫލު ދައުރުގައި ރައްޓެހިވެގެން އުޅުނު ކުއްޖެއް އަލަމާރި ތެރޭގައި ފޮރުވި ވާހަކައެއްވެސް ހިއްސާކޮށްފައެވެ. އެއީ އޭނާގެ ބޮޑުދައިތަ ކިރަން ކައިރީގައި އޭނާ އުޅުނު ދުވަސްވަރު އެވެ.

މީގެ އިތުރުން ޕްރިޔަންކާ ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާއި، މަސައްކަތުގެ ދިރިއުޅުމުގައި ކުރިމަތިވި ދަތިތަކާއި އުދަނގޫތަކުގެ އިތުރުން އޭނާ އަދި ނިކް ޖޯނަސްގެ ލޯބީގެ ވާހަކަވެސް ބެލުންތެރިންނާއި ހިއްސާކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *