ނިމިގެންދިޔަ ކޮރަލް މަތިވެރި ފުޓްސަލް ލީގަކީ ރަށު ފެންވަރުގައި ކުޅެވުނު ފާހަގަކޮށްލެވޭ މުބާރާތެކެވެ. މުބާރާތުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ޒުވާނުންނަށް ފުރުސަތު ފަހުކޮށްދީ، އާންމު އިޖުތިމާއީ ގުޅުން ބަދަހި ކުރުމެވެ. މުބާރާތް ފެށުމުގައި ހާސިލް ކުރަން އަޒުމް ކަނޑައެޅި ކަންކަން މުބާރާތް ނިމިގެންދިޔަ އިރު ވަނީ ހާސިލްވެފައެވެ.
މިމުބާރާތަކީ މަތިވެރީގައި އުފެދެމުން އަންނަ ޒުވާން ފުޓްސަލް ކުޅުންތެރިންނަށް ނަޒަރު ހުއްޓުނު މުބާރާތެކެވެ. ރަށު ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ކުުޅުންތެރިންނަށް ގޮންޖަހާލައި މުބާރާތުގެ އެންމެ ޝަރަފްވެރި ވަނަތައް ހާސިލް ކޮށްފައިވަނީވެސް އަރަމުން އަންނަ މަތިވެރީ ޒުވާން ކުޅުންތެރިންނެވެ. މުބާރާތުގެ ފުރަތަމަ ބުރުން ފެށިގެން ފަހު ބުރާއި ހަމައަށް ކުޅުނު ހުރިހާ މެޗެއްގައިވެސް އެއްފެންވަރެއްގައި މޮޅު ކުޅުމެއްދެއްކި އަލްސަން އަކީ މި މުބާރާތުގައި ފާހަގަކުރެވުނު އެންމެ މޮޅު އެއްކުޅުން ތެރިޔާއެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހުމުގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ. މިއީ މަތިވެރީގެ އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް އަލްސަން ދިން ވަރަށްބޮޑު ހިތްވަރެކެވެ.

މުބާރާތުގެ އެހެނިހެން ވަނަތަކަށް ބަލާއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި މުބާރާތުގެ އެންމެމޮޅު ޕްލޭމޭކަރަކަށް ހޮވިފައިވަނީ އަރަމުން އަންނަ ޒުވާން ހައިޝަމް އަލީއެވެ.

މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ކޮންމެ ޓީމެއްގައިވެސް މެޗު ކުޅޭއިރު ދަނޑު މަތީގައި 35 އަހަރުން މަތީގެ ކުޅުންތެރިޔަކު ހުންނަންޖެހެއެވެ. މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނެފައިވަނީ މިކަމުގެ މަގުސަދަކީ އުމުރުން ދުވަސްވީ މީހުންނަށްވެސް ފުރުސަތު ދިނުމެވެ. މުބާރާތުގެ 35 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މުހައްމަދު ޝާހިދު އެވެ.

ތިން ބުރަކަށް ބަހާލައިގެން ކުރިއަށްދިޔަ މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިޔަކީ އަރުޝަދެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެލިބީޗުގެ ކޯޗު ފައިސަލް އެވެ. ފެއާ ޕްލޭޓީމަކީ ސެކަންޑް ހޯމް ރެސްޓޯރެންޓެވެ.

މުބާރާތުގެ ޑްރީމްޓީމުގައި ހިމެނެނީ، އަލީ އަލްސަން އާއި، ޒިޔާހު މުހައްމަދާއި، އަހުމަދު ވަޖީހު އާއި، މުހައްމަދު ޝާހިދުގެ އިތުރުން ހައިޝަލް އަލީއެވެ. 
މިމުބާރާތަކީ އއ.މަތިވެރި މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަދި އަންބަރު ގްރޫޕުން ގުޅިގެން ލީގު އުސޫލުން ކުރިއަށް ގެންދާ 3 ލެގުގެ މުބާރާތެކެވެ. މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އެރަށުގެ އިޖުތިމާއީ، އަދި ތަރައްޤީގެ ގިނަ ކަންކަމުގައިވެސް އަމަލީގޮތުން ބައިވެރިވާ އެރަށުގެ ޒުވާނުން ހިމެނޭ ދެ ގްރޫޕެކެވެ. ރަށުގެ ތަރައްޤީގެ ކަންކަމުގެ އިތުރުން ޒުވާނުންގެ ތަރައްޤީއަށްޓަކައިވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މަތިވެރީގައި ހިންގޭ ގިނަ ތަރައްޤީގެ ކަންކަމުގައިވެސް މި ދެ ގްރޫޕުގެ ޝާމިލުވުންބޮޑެވެ. އަމިއްލަ އިސްނެގުމަށްވެސް ރަށުގެ ކުރިއެރުމަށް މި ދެ ގްރޫޕުންވަނީ މުހިންމު މަސައްކަތް ތަކެއްކޮށްފައެވެ.
މަތިވެރީގެ ޒުވާނުންނާއި ރަށުގެ އިޖުތިމާއީ ކަންކަން ދިރުވައި އާލާކުރުމަށް ކުރިއަށް އޮތް ތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް މި ދެގްރޫޕޫން ވަނީ ގިނަ ކަންތައްތަކެއް ރާވާފައެވެ. ކޯވިޑް-19 އާއި ގުޅިގެން ކުރަންރޭވި ގިނަ ކަންތައްތަކެއް މަޑު ޖެހުނު ނަމަވެސް އަނެއްކާވެސް އެމަސައްކަތް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަކީ މަތިވެރީގައި ކުޅިވަރު މުބާރާތްތަކުގެ އިތުރުން ޤުރުއާން މުބަރާތްތަކާއި، މަދަހަ މުބާރާތްތަކާއި، އެކި އުމުރުފުރާތަކަށް ހޭލުންތެރިކަމުގެ ގިނަ ޕްރޮގުރާމުތައް ހިންގަމުންދާ ދެ ގްރޫޕެކެވެ.

މިމުބާރާތުގެ މެއިން ސްޕޮންސާއަކީ ކޮރަލް ޓްރާންސްފާއެވެ. ކޯ ސްޕްންސާއަކީ ކެޕްޓަން މޯލްޑިވްސް އަދި ހަބޭސް ބޮޑުބެރު ގްރޫޕެވެ. ބެވަރޭޖް ޕާޓްނާއަކީ ސެކަންޑްހޯމް ރެސްޓޯރެންޓެވެ. މުބާރާތުގެ މީޑީޔާ ޕާޓްނާއަކީ ޚަބަރު އޮންލައިން އެވެ.
ކޮމެންޓު ފޮނުވާ