ވެކްސިން ރައްކާތެރި، ރައްޔިތުންވެސް ނަމޫނާ ދައްކައިފި

ވެކްސިން ރައްކާތެރި، ރައްޔިތުންވެސް ނަމޫނާ ދައްކައިފި

ގުޅުންހުރި

ކޯވިޑް-19 އިން ރައްކާތެރިވުމަށް ދުނިޔޭގައި ބޭނުން ކުރަމުންދާ ވެކްސިންތަކުގެ ތެރެއިން ރާއްޖެއަށް އިންޑިޔާއިން ހަދިޔާކުރި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށް ގިނަ ބަޔަކު ދަނީ ވެކްސިން ޖަހަމުންނެވެ.

ކޯވިޑް-19އިން ދިފާޢުވުމަށް އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން އޮކްސްފޯޑު، އެސްޓްރަޒެނެކާ ވެކްސިން ޢުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ވެސް ވަނީ މިހާރު ލަފާދީފައެވެ.

ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި މިވެކްސިން މިހާރުވެސް އަންނަނީ ޖަހަމުންނެނެވެ. ޑަބްލިއުއެޗްއޯއިން، ޖެހުމުގެ ލަފާދިން ވެކްސިންގެ ތެރޭގައި ރާއްޖޭގައި މިހާރު ޖަހަމުންދާ ކޮވިޝީލްޑް ވެކްސިން ހިމެނެއެވެ. ކޮވިޝީލްޑްއަކީވެސް އޮކްސްފޯޑް، އެސްޓްރާޒެނެކާ ވެކްސިނެކެވެ. މިވެކްސިން އުފައްދާފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ކުންފުނި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިންނެވެ. މިއީވެސް އެސްޓްރަޒެނެކާ ވެކްސިނެއްނަމަވެސް މިވެކްސިނަށް ކުރުކޮށް ކިޔައި އުޅެނީ ކޮވިޝީލްޑް ވެކްސިނެވެ.

ވެކްސިން ރާއްޖެއަށް ގެނެސް، ރައްޔިތުންނަށް ވެކްސިން ދިނުމަށް މަސައްކަތް ކުރުމާއިއެކު ބައެއް ފަރާތްތަކުން ވަނީ ވެކްސިންގެ ޔަގީންކަން ދިނުމަށް އެދިފައެވެ. އަދި ވެކްސިނާއިމެދު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމަށް ވަނީ އެދިފައެވެ. މިސުވާލުގެ ޖަވާބު ދެއްވައި ރައްޔިތުންނަށް އެންމެ ފުރަތަމަވެސް އިތުބާރު ދެއްކީ ދައުލަތުގެ ތިންބާރުގެ ވެރިންގެ ގޮތުގައި ތިއްބެވި ވެރިންނެވެ.

ދައުލަތުގެ ވެރިންގެ ތެރެއިން ތިންބާރުގެ ވެރިންގެ ގޮތުގައި ހިމެނޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު މުއުތަސިމް އަދުދާނުވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.

ދައުލަތުގެ ތިންބާރުގެ ވެރިން ވެކްސިން ޖައްސަވައި އިތުބާރު ދެއްވައިފި

ވެރިންގެ ނަމޫނާއާއިއެކު ގިނަ ބަޔަކު މިވަނީ ވެކްސިން ޖަހަން ފަށާފައެވެ. ވެކްސިން ޖަހަން ފަށާފައިވާއިރު ފުރަތަމަ ވެކްސިން ޖަހާނީ ކުރީ ސަފުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިންނަށް އިސްކަން ދީގެންނެވެ. ނަމަވެސް މިހާރުވަނީ އުމުރުން ދުވަސްވީ މީހުންނަށާއި، އޮފީސްތަކުގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށާއި، އެކި ބަލިތަކުގެ މީހުންނަށާއި، އާންމު ރައްޔިތުންނަށްވެސް ވެކްސިން ޖަހަމުންނެވެ.

ވެކްސިން ޕްރޮގުރާމަށް ލިބޭ ތަރުހީބު ދުވަހެއް ދުވަހަށް ބޮޑުވަމުންދާއިރު، ވެކްސިންގެ އެއްވެސް ދައްޗެއްނެތި ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އެންމެބޮޑު އަމާޒެވެ. ރާއްޖޭގައި މިހާތަނަށް ކޯވިޑް-19އިން ރައްކާތެރިވާ ވެކްސިން ޖެހި މީހުންގެ ޢަދަދު ވަނީ ވިހި ހާހަށްވުރެ މައްޗަށް އަރައިފައެވެ. މާލެ ސަރަޙައްދުން މިހާތަނަށް ޖުމްލަ 16703 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 3458 އަކަށް އަރާފައެވެ.

ވެކްސިން ދިނުމުގެ މަސައްކަތް މާލޭގެ 7 ސެންޓަރަކާއި، އަތޮޅުތަކުގެ 38 ސެންޓަރެއްގައި މިހާރުވަނީ ފަށާފައެވެ. ރާއްޖޭގައި މިހާރު ޖަހަމުންދަނީ އޮކްސްފޯޑާ އެސްޓްރާޒެނެކާ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. ވެކްސިން ފުރަތަމަ ޖަހަންފެށީ ކޯވިޑް-19ގެ ކަންކަމުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ގަޔަށެވެ. ނަމަވެސް މިހާރުވަނީ އުމުރުން 55އަހަރުން މަތީގެ މީހުންގެ ގަޔަށްވެސް ވެސްސިން ޖަހަން ފަށާފައެވެ.

ވެކްސިން ޖެހުމަށް ބޭނުންވާ މީހުން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށްވަނީ ހުޅުވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *