"މަގޭ ފްލެޓް ކޮބާ؟"ގެ ނަމުގައި ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ނުކުންނަނީ

"މަގޭ ފްލެޓް ކޮބާ؟"ގެ ނަމުގައި ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ނުކުންނަނީ

Author
ޢަލީ އާދަމް
10 ފެބްރުއަރީ 2021 06:06
0

ހިޔާ މަޝްރޫޢުގެ ތެރެއިން ކުރިން ފްލެޓް ލިބި، ފަހުން ނެރުނު ލިސްޓްގައި ނަން ނުހިމެނުނު މީހުންގެ ހައްގުގައި "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި ހުކުރު ދުވަހު އިހްތިޖާޖަށް ނުކުންނަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ.

އެގޮތުން އަންނަ ހުކުރު ދުވަހު 16:00 ގައި ޕީޕީއެމްގެ އޮފީސް ކުރިމަތިން މި އިހުތިޖާޖު ފަށަން ހަމަޖެހިފައި ވާކަމަށް ޕީޕީއެމުން ބުނެއެވެ.

އިހުތިޖާޖާ ގުޅޭގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި އިހްތިޖާޖަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުން ހާމަކުރުމަށް ގިނަ ރައްޔޮތުންތަކެއްގެ އެދުމުގެ މަތިން އިންތިޒާމްކުރާ ހަރަކާތެއް ކަމަށާއި ބޯހިޔާވަހި ކަމުގެ ހައްގުން މަހުރުމުވެފައިވާ އެންމެން މި އިހްތިޖާޖުގައި ބައިވެރިވުމަށް ދައުވަތު އަރުވާކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ރައްޔިތުންގެ ހައްގު ހޯދުމަށް ނިކުތީމަ އެއައް ނިމުމެއް ނުގެނެވޭނެ ކަމަށާއި ރައްޔިތުން ރައްޔިތުންގެ ބާރު ހޯދުމަށް ނުކުތުމުން ކުރެވޭނެ ކަމެއް ނޯންނާނެ ކަން އެމްޑީޕީއަށް އެންމެ ރަނގަޅަށް އެނގޭނެ ކަމަށެވެ. އެހެންކަމުން މި ހަރަކާތްތަކަށް ނުކުންނަނީ ކަރުނަގޭސް ނުޖަހާނެ ކަމަކަށް ނޫންނީ ހައްޔަރު ނުކުރާނެ ކަމަކަށް ނޫންކަމަށެވެ.

ޕީޕީއެމުން ބުނީ ޕްލެޓް ކޮމިޓީއެއް ހަދައިގެން އަދުގެ ސަރުކާރުން އެތައް ރައްޔިތުންގެ ހައްގުތަކެއް ފޭރިގަނެފައި ވާކަމަށާއި، ސަރުކާރުން ފްލެޓް ފޭރިގަނެގައިވާ ފަރާތަކަށް ޕީޕީއެމްގެ ސަރުކާރެއްގައި ފްލެޓް ހޯދާދިނުމަކީ މިއަދުންފެށިގެންވެެސް ޕީޕީއެމްގެ ރިޔާސީ ވަޢުދެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.