45 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށައިފި

45 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށައިފި

Author
މުޙައްމަދު ޖިމީ
10 ފެބްރުއަރީ 2021 11:01
0

އުމުރުން 45 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށް ކޯވިޑް-19 ވެކްސިންދޭން ފަށައިފިއެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުުގައި ދިރިއުޅޭ ޢުމުރުން 45 އަހަރާއި55 އަހަރާއި ދެމެދުގެ މީހުންންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނާއި 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދެމުން އަންނަކަމަށެވެ. އެމީހުންނަށް މާލޭ ސޯޝަލް ސެންޓަރުންނާއި ހުޅުމާލޭ ކުރީގެ ފްލޫ ކްލިނިކުގައި ޤާއިމުކޮށްފައިވާ ވެކްސިނޭޝަން ސެންޓަރުން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 5 އަކަށް ވެކްސިން ޖެހޭނެކަމަށް އެޗް.ޕީ.އޭއިން ބުންޏެވެ. އަދި ވިލިމާލޭ ޒުވާނުންގެ މަރުކަޒުންވެސް ހެނދުނު 9 އިން މެންދުރު 1 އަށް ވެކްސިން ދިނުން ކުރިއަށްދާނެކަމަށް އެޗްޕީއޭއިން ބުންނެވެ.

ވެކްސިން ޖެހުމުގެ ކުރިން ކޮންމެ މީހަކުވެސް އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވެކްސިން ޖެހުމަށް ދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޑްރައިވިންގ ލައިސެންސް ގެންދިއުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ރަނގަޅަށް ކައިގެން ދިއުމަށާއި، ދިގު މުއްދަތަށް އެހެން ބައްޔަކަށް ބޭސްކާނަމަ، ބޭސް ސިޓީ ގެންދިއުމަށްވެސް އެޗްޕީއޭއިން އެދެއެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ވެކްސިން ދޭން ފަށާފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އަދި މިހާތަނަށް16 ހާހަށްވުރެ ގިން މީހުންނަށް ވަނީ ވެކްސިން ދީފައެވެ. ސަރުކާރުން ވަނީ ވެކްސިން ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.