ކުރީގެ ރައީސް ޢަބްދުﷲ ޔަމީން ޢަބްދުލްޤައްޔޫމް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި 7000 ހައުސިންގ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް ޢާންމުކޮށްފިއެވެ.
ހިޔާ މަޝްރޫޢުއަށް ކުރިމަތިލުުމަށް ހުޅުވާލުމުން 25،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާއިރު، ފްލެޓް ލިބެނީ6،720 މީހުންނަކަން ގެޒެޓްކޮށްފައިވާ ދާއިމީ ލިސްޓުގައިވެއެވެ. ފްލެޓް ލިބޭނެކަމަށް އިޢުލާންކޮށްފައިވާ ދާއިމީ ލިސްޓްގައި12 ކެޓަގަރީއަކާިއ ސިވިލް ސާރވިސް މުވައްޒަފުންގެ ތެރެއިން ފްލެޓް ޔަޤީންވާ މީހުން އެނގޭގޮތަށް ވަނީ ޢާންމުކޮށްފައެވެ.
ކުރީ ސަރުކާރުން ޢިމާރާތް ކުރި 7000 ފްލެޓް، މިސަރުކާރުން ވަނީ ގްރައުންޑް ފްލޯއަކީ އަސާސީ ބޭނުންތަކަށާއި، ވިޔަފާރީގެ ބޭނުނަމަށް އެތަންތަން ޚާއްޞަކޮށްފައެވެ. މިއާއެކު7000 ފްލެޓްގެ ޢަދަދު ވަނީ6،720 އަށް މަދުވެފައެވެ.
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީނ މައްސަލަ ބެލުމަށްފަހު ފްލެޓް ލިބޭނެކަމަށް އިޢުލާންކޮށްފައިވާ ދާއިމީ ލިސްޓް ހިމެނޭ ކެޓަގގަރީ ތަކަކީ:
ހިޔާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިމާރާތްކުރަން ފަށާފައިވަނީ 7000 ޔުނިޓުގެ ޓަވަރުތަކެކެވެ. އެ ހިޔާ ފްލެޓްތަކުގައި ހިމެނޭ 2500 ފްލެޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢުއެއް ނޫންކަމަށް ފްލެޓް ކޮމިޓީގެ މެންބަރު ޠާހާ މުޙައްމަދު ވިދާލުވެފައިވާއިރު، 2500 ޔުނިޓުގެ މަސައްކަތް ކުރީ ސަރުކާރުންވަނީ ޗައިނާގެ ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށް އެމަސައްކަތުގެ އީ.އައި.އޭ ރިޕޯޓުވެސް ނިންމާ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީއިން ޝާއިރުކޮށްފައެވެ.
އެހެންނަމަވެސް މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު 2500 ޔުނިޓްގެ ޑިޒައިނާއި ސްކޯޕަށް 2019 ވަނަ އަހަރުވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ހައުސިންގ މިނިސްޓްރީން ކުރިން ބުނެފައިވަނީ ދެކޮޓަރީގެ އެޕާޓްމަންޓްތަށް ތިންކޮޓަރިއަށް ބަދަލުކުރުމުން 2500 ޔުނިޓް 1700 ޔުނިޓަށް މަދުވެފައިވާކަމަށެވެ.
މިސަރުކާރުން ފްލެޓް ލިބޭ މީހުންގެ ޙަލަތު ބެލުމަށްފަހު އިޢުލާންކުރި ވަގުތީ ލިސްޓަށްވެސް ގިނަ ބަޔަކު ޝަކުވާ ހުށައެޅިއެވެ. އެގޮތުން ދިރިއުޅުމުގެ ޙާލަތަށް ރަނގަޅަށް ރިޔާއަތް ނުކުރާކަމަށާއި، ހާލުގައި ދިރިއުޅޭ މީހުންނަށް ފްލެޓް ލިބިފައި ނުވާކަމަށްވެސް އެފަރާތްތަކުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ