ޙައިލަމް، ޕީޖީ ޝަމީމަށް: ޤާނޫނު ފަހުމްނުވެ މަސްއޫލިއްޔަތު އަދާކުރާނީ ކިހިނެތް؟

ޙައިލަމް، ޕީޖީ ޝަމީމަށް: ޤާނޫނު ފަހުމްނުވެ މަސްއޫލިއްޔަތު އަދާކުރާނީ ކިހިނެތް؟

Author
މުޙައްމަދު ޖިމީ
09 ފެބްރުއަރީ 2021 04:01
0

ޤާނޫނު ފަހުމްނުވެ މަސްއޫލިއްޔަތު އަދާކުރައްވާނީ ކިހިނެއްތޯ ވިދާލުވެ ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ހައިލަމް، ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޙައިލަމް މިހެން ވިދާޅުވެފައި މިވަނީ، ގދ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ ހުޅުވާރުލުގައި ވަޅުލާފައި ހުއްޓައި ފެނުނު 149 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ދައުވާކުރި ފަސް މީހުންގެ މައްސަލަ ބޭރުކޮށްލި މައްސަލައިގައި ފުލުހުންގެ ފަރާތުން ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަމަށާއި، އެ މައްސަލަ އަކީ ކްރިމިނަލް ކޯޓަށް ބެލޭނެ މައްސަލައެއްކަމަށް ޕީޖީ ޝަމީމް އިއްޔެ ވިދާޅުވެފައިވުމާއި ގުޅިގެންނެވެ.

ރާއްޖެއަށް އެތެރެކޮށް، ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުރި 149 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29ވަނަ ދުވަހުގައެެވެ. މިމައްސަލާގައި ދައުވާ ކުރި 5 މީހުންގެ މައްސަލަ ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލާފައިވާކަމަށް ބެލެވެނީ ދައުވާކުރަން ޤާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވިފަހުން އެކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ކްރިމިނަލް ކޯޓަށް މި މައްސަލަ ބެލޭނެކަމަށް ޕީޖީ ވިދާޅުވުމާއި ގުޅިގެން ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ވިދާޅުވީ، ކްރިމިނަލް ކޯޓަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހިނގާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއް ނޫންކަމަށެވެ. ބާވަތުގެ އިޚްތިޞާޞާއި ސަރަޙައްދީ އިޚްތިޞާޞަކީ މުޅިން ތަފާތު ދެ މަފްހޫމެއްކަމަށާއި، ޤާނޫނު ފަހުމްނުވެ މަސްއޫލިއްޔަތު އަދާކުރާނީ ކިހިނެތްތޯ ހައިލަމް ސުވާލު ކުރެއްވިއެވެ.

މިމައްސަލާގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިޢުނާފު ނުކުރަން ޕީޖީ ނިންމުމުން ޕީޖީ ވަނީ މަޖިލީހަށް ޙާޒިރުކޮށްފައެވެ.

 ޕީޖީ ވިދާޅުވީ ފުލުހުން މިކަމުގައި ޝާމިލުވާ މީހުންނާއިއެކު ގައްދޫއަށް ގޮސް އެރަށުގެ ގޭގެއަށް ވަދެ މީހުން ހައްޔަރު ކުރުމާއި ހައްޔަރަށް ނުވާ ގޮތުން މީހުން ބަންދު ކުރެވޭނެ މުއްދަތަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާ އަދި ހައްޔަރު ކުރުމަށް ފަހު ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ގިނަ އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާކަމަށެވެ.

ޕީޖީ ވިދާޅުވީ މިމައްސަލައަކީ ތަހުގީގު ފުރިހަމަ ވެފައިވާ މައްސަލައެއްކަމަށް ޤަބޫލު ކުރައްވާކަމަށެވެ. މިމައްސަލާގައި ފުރިހަމަ ނުވަނީ ބަޔާނުގައި ދެ މީހެއްގެ ސޮއި ނުކުރެވި އޮތުމުންކަމަށާއި، އެކަން ވެފައިވަނީ ވަކީލޫން ބިޒީވެގެން ކަމަށެވެ. މިމައްސަލަޔަކީ ބާ ކައުންސިލުން ބަލަންޖެހޭ މައްސަލައެއްކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި މިމައްސަލައިގެ ތަހުގީގް ނިންމައި މިމައްސަލަ ހުށަހެޅިފައިވަނީވެސް އިހުތިޞާޞުވެސް ހިނގާ ކޯޓަކަށް ކަމަށާއި އަދި މައްސަލް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނީވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައިކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ މިމައްސަލައަކީ އެކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށް ނިންމާފައެވެ. މި މައްސަލަ ބަލަން ޖެހޭނީ އެ މައްސަލައެއް ހިނގި ސަރަހައްދުގެ ކޯޓަށްކަމަށް ނިންމާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސަންބެ
ހައިލަމްއައް މާބޮޑައް ގާނޫނު ފަހުމްވީމަ ތިހުންނެވީ މަގާމުގެއްލިފަ