ތަޙްގީގުކުރަމުންދާ މައްސަލަތަކާއި ގުޅިގެން 11 މީހެއްގެ ޕާސްޓް ހިފަހައްޓާފައިވޭ: ކޮމިޝަން

ތަޙްގީގުކުރަމުންދާ މައްސަލަތަކާއި ގުޅިގެން 11 މީހެއްގެ ޕާސްޓް ހިފަހައްޓާފައިވޭ: ކޮމިޝަން

Author
މުޙައްމަދު ޖިމީ
09 ފެބްރުއަރީ 2021 03:44
0

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަަތައް ބަލާ ކޮމިޝަނުން ތަޙުގިގުކުރަމުން އަންނަ މައްސަލަތަކާއި ގުޅިގެން މިހާތަނަށް 11 މީހެއްގެ ޕާސްޓްޕޯޓް ހިފަހައްޓާފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މރު ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާނުކުރާތާ ގިނަ ދުވަސްތަކަކަށްފަހު އެކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ މެންބަރު މިސްބާޙް އައްބާސް ވިދާޅުވީ، އެކޮމިޝަނުން ބަލަމުންދާ ގިނަ މައްސަލަތަކަކީ ވަރަށް ގިނަ ދުވަސްވީ މައްސަލަތަކެއްކަަމަށާއި، އެކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަަމަށެވެ.

ނަމަވެސް އެ މައްސަލަތަކާއި ގުޅިގެން ކޮމިޓީއަށް ހޯދަންޖެހޭ މަޢުލޫމާތު ހޯދުމަށް ސުވާލު ނުކުރާނެ މީހަކު ނުހުންނާނެކަމަށާއި، އެކަމުގައި ހޯދަންޖެހޭ ހެއްކެއް ނުހޯދައި ދޫކޮށް ނުލާނެކަމަށެވެ. މިސްބާހު ވިދާޅުވީ އެކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކާއި ގުޅިގެން 11 މީހެއްގެ ޕާސްޓްޕޯޓް ހިފަހައްޓަފައިވާކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ.

ނަމަވެސް ރިޟްވާން ޢަބްދުﷲގެ މަރުގެ މައްސަލާގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޙަސައިން ޢަލީގެ ޕާސްޓްޕޯޓް ހިފަހައްޓާފައިވެއެވެ. އޭނާގެ ޕާސްޓްޕޯޓް ހިފަހައްޓަފައިވަނީ ރިޟްވާން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް މަރުވެފައިވާކަންް ދެއްކުމަށްޓަކައި އޭނާއާއި، ފުލުހުންގެ އިންޓެލްގައި މަސައްކަތްކުރާ ދެމީހަކު އެކަމުގެ ޓްރެވެލް ޑޮކިއުމންޓްތަކެއް ތައްޔާރުކުރަން އުޅުނުކަމުގެ ތުހުމަތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.