ރޭގެ މާރާމާރީއާއި ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި

ރޭގެ މާރާމާރީއާއި ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
09 ފެބްރުއަރީ 2021 08:46
0

ގއ. މާމެންދޫގައި ރޭ ހިނގި މާރާމާރިއާއި ގުޅިގެން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. އެ މާރާމާރިއާއި ގުޅިގެން ކޯޓް ޢަމުރެއްގެ ދަށުން ހައްޔަރުކުީ3 ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުންޏެވެ.

އެއީ 27 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި، 18 އަހަރުގެ މީހެކެވެ. މާމެންދޫގައި ރޭ ހިންގި ގްރޫޕް މާރާ މާރީގައި ވަނީ 17 އަހަރުގެ ކުއްޖަު ޒަޚަމް ކޮށްލުމާއި ގުޅިގެން ވަނީ ނިޔާވެފައެވެ. މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގެ މައުލޫމާތު ރޭ 10:10 ހާއިރު ފުލުހުންނަށް ލިބުމުން ހަރަކާތްތެރިވާން ފެށިކަމަށާާއި، މި މަރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ދެ މީހަކަށް ގއ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމު ދިޔަކަމަށް ފުލުހުން ބުންޏެވެ.

އަދި މިހާދިސާގައި ނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށާއި، އޭނާ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.