ޔޫރަޕުގެ ފުޓްބޯޅައިގަ 2014ވަނަ އަހަރުފަހުން ސަންމަރިޔޯ އިން ޕޮއިންޓެއް ހޯދައިފިއެވެ.
ރޭ ނޭޝަންސް ލީގުގައި ސަންމަރިއޯ އާއި ލީޗްޓެންސްޓައިން ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިއީ 36 މެޗު ފަހުން ސަންމަރިއޯ އިން ހޯދި ފުރަތަމަ ޕޮއިންޓެވެ. މިއީ 30 އަހަރުފަހުން ބައިކޮޅަށް ލަނޑެއް ވައްދާނުލާ މި ދެޓީމުން ވެސް މެޗެއް ނިންމާލި ފުރަތަމަ ފަހަރެވެ.
އެންމެ ފަހުން ސަންމަރިއޯ އިން މެޗަކުން އެއްވަރުވެފަ ވަނީ 2014 ވަނަ އަހަރު އެސްޓޯނިޔާ ދެކޮޅަށް ކުޅެ 1-1 ލަނޑުންނެވެ. އަދި ރަށުން ބޭރުގައި މެޗަކުން އެއްވަރުވީ 2001 ވަނަ އަހަރު ލެޓްވިޔާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
މިހާތަނަށް ކުޅުނު 162 މެޗުން ބަލިވެފަވާއިރު ސަންމަރިއޯ މޮޅުވެފަ ވަނީ އެންމެ މެޗަކުންނެވެ. ހަތަރު މެޗުވަނީ ހަމަހަމަ ވެގެން ނިމިފައެވެ.