އީސީއަށް އައްޔަންކުރުމަށް ޑރ.ޒާހިރުގެ ނަން ދިރާސާކުރުމަށް ކޮމިޓީއަށް

އީސީއަށް އައްޔަންކުރުމަށް ޑރ.ޒާހިރުގެ ނަން ދިރާސާކުރުމަށް ކޮމިޓީއަށް

Author
މުޙައްމަދު ޖިމީ
08 ފެބްރުއަރީ 2021 01:57
0

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޑރ. މުހައްމަދު ޒާހިރުގެ ނަން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ. ޑރ.ޒާހިރުގެ ނަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.

އިލެކްޝަންސް ކޮމިޝަނުން މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަކްރަމް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަކްރަމް ވަކިކުރުމަށް ނިންމާފައިވަނިކޮށް، އޭނާ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ، މިދިޔަ ނޮވެމްބަރު މަހު 19 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ޑރ. މުޙައްމަދު ޒާހިރަކީ ކުރިންވެސް އެ ކޮމިޝަންގައި މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކޮސްފައިވާ ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަން އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. ކޮމިޝަންގެ ގާނޫނު ބުނާގޮތުން މެމްބަރުކަމުގެ މަގާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންވާނެ އެވެ. އިލެކްޝަންސް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރާނީ، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން، ރައީސުލްޖުމްހޫރިއްޔާ އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ފޮނުވައިގެން، މަޖިލީހުން ރުހުން ދިނުމުނެވެ.

ދާދިފަހުން އެކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ކޮމިޝަންގެ މެމްބަރު އިސްލާއިލް ހަބީބު ވަނީ އިންތިޚާބުކޮށްފަ އެވެ. ހަބީބު އިންތިޚާބު ކޮށްފައިވަނީ އިލެކްޝަން ކޮމިޝަންގެ 623 ވަނަ ބައްދަލުވުމުގައި ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.