އިދިކޮޅު ކޯލިޝަންގެ ތަޢުޒިޔާ ރައީސް ވަހީދުގެ އާއިލާއަށް 

އިދިކޮޅު ކޯލިޝަންގެ ތަޢުޒިޔާ ރައީސް ވަހީދުގެ އާއިލާއަށް 

Author
މުޙައްމަދު ޝަޒައިމް
07 ފެބްރުއަރީ 2021 12:59
0

ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަންގެ ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނަށާއި ޢާއިލާއަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރ ޑރ.މުޙައްމަދު ވަޙިދު ޙަސަންގެ ލޮބުވެތި ބައްޕާފުޅު ޙަސަން އިބްރާހީމް މަނިކު (ހަނދުވަރު ޙަސަންމަނިކު) މިއަދުގެ ހެނދުނުގެ ވަގުތެއްގައި އަވަހާރަވި ޚަބަރު އަޑުއެހީ ފުން ހިތާމައާއި އެކުގައިކަމަށެވެ.

ރައީސް ވަޙީދާއި ޢާއިލާއަށް ކުރިމަތިވި މި ފުން ހިތާމައިގައި ބައިވެރިވެ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ކޯލިޝަންގެ ލީޑަރޝިޕާއި ކައުންސިލް މެމްބަރުންނާއި، ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނާއި އަދި ކޯލިޝަނަށް ނިސްބަތްވާ އެންމެހާ މެމްބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.