އއ.އުކުޅަހުން ފުރަން ތައްޔާރުވި ފަތުރުވެރިޔަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އުކުޅަހު ކައުންސިލް ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ ޗުއްޓީ ހޭދަކުރުމަށްފަހު ފުރަން ވެގެން ސާމްޕަލް ނެގި ފަތުރުވެރިއެއްގެ ކަމަށެވެ. ޕޮޒިޓިވް ވެފައިވަނީ ރޮމޭނިޔާއަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ ފަތުރުވެރިއެއްކަމަށް އޭނާ ވިދާޅުވިއެވެ.
މިމީހާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރައިސިންގެ މަސައްކަތް މިހަރު ކުރިއަށްދާ ކަމަށާއި، ރަށު ތެރެއިން މީހަކާއި އޭނައާއި ކޮންޓެކްޓެ ވެފައިނުވާކަމަށް ކައުންސިލް ނާއިބް ރައީސް ވިދާޅުވިއެވެ.
އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިންތަކެއް މީގެކުރިންވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ. މިއީ އުކުޅަހުން ކޯވިޑަށް ޕޮޒިޓިވްވި 8 ވަނަ މީހާއެވެ.
ކޮމެންޓު ފޮނުވާ