ގދ. ތިނަދޫ ސަރަޙައްދީ ބަނދަރު ޤާއިމުކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ 30 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ތިނަދޫ ރީޖަނަލް ޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ %30 މިނިފައިވާއިރު، މި މަޝްރޫޢުގެ ދަށުން، ލެވެލް ކުރުމާއި ސާރވޭ ކުރުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާކަމަށެވެ. އަދި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ %50 ވަނީ ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އެމްޓީސީސީއިން ނިންމާފައިވާ ގޮތުގެ ތަފްސީލްތައް ދެއްވަމުން މިއެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައިު އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެކުންފުނިން ބޭނުންވަނީ މި މަޝްރޫޢުވެސް ވީހާވެސް އަވަހަކަށް ނިންމާލުމަށް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް 45 ދުވަހުގެ ތެރޭ މި މަޝްރޫޢުގެ މަސައްކަތްތައް ނިންމާލުމަކީ އަމާޒެއް ކަމަށް އާޒިމް ވިދާޅުވިއެވެ.
މިއީ ކުޑަ މަސައްކަތެއް ނޫން، މިއީ ބޮޑު މަސައްކަތެއް، މީގެތެރޭގައި 4 ބައެއް ހިމެނިގެންދޭ، އޭގެތެރޭގައި 45 ހާސް ކިއުބިކް މީޓަރު ފުންކުރުން ހިމެނޭ، 3 ހާސް އަކަމީޓަރުގައި ކޮންކުރީޓު އެޅުން ހިމެނޭ، ފެން ހިންދުމުގެ ނިޒާމް މީގެ ތެރޭގައި ހިމެނޭ އަދި ވަށާ ފެންސުޖެހުން ހިމެނޭ.
– އާޒިމް ވިދާޅުވިއެވެ.
ގދ.ތިނަދޫ ސަރަހައްދީ ބަނދަރު ޤާއިމުކުރުމުގެ މި މަޝްރޫއުގެ ދަށުން ކަސްޓަމްސް، އިމިގްރޭޝަން އަދި އެމް.ޕީ.އެލް.ގެ ޚިދުމަތް އެއަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ