އިދިކޮޅު މުޒާހަރާއިން 4 މީހަކު ހައްޔަރުކޮށްފި

އިދިކޮޅު މުޒާހަރާއިން 4 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
05 ފެބްރުއަރީ 2021 09:25
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގެ މަގުތަކުގައު ކުރި މުޒާހަރާގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިއަދު ހައްޔަރުކުރި މީހުންގެ ތެރޭގައި ކައުންސިލް މެމްބަރަކާއި ސްޓިއަރިން ކޮމިޓީގެ މެމްބަރެއްވެސް ހިމެނޭކަމަށެވެ. އިދިކޮޅު ކޯލިޝަނާއި، އެކޯލިޝަނަށް ތާޢީދުކުރާ ފަރާތްތަކުން މުޒާހަރާ ކުރަމުން އަންނައިރު، ފަހަކަށް އައިސް އިދިކޮޅުން ކުރިއަށްގެންދާ އިޙްތިޖާޖުތައް ވަނީ ވަރުގަދަކޮށްފައެވެ.

އެއްވި މީހުންވަނީ ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އަދުލު އިންސާފް ޤާއިމްކުރުމަށްވެސް މުޒާހަރާގެ ބައިވެރިންދަނީ ގޮވާލާފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތައް ހުއްޓާލާނީ ރައީސް ޔާމީން މިނިވަން ވުމުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.