ދުނިޔޭގެ ބިޔަރު އުފައްދާ އެންމެބޮޑު އެއް ކުންފުނިން މިޔަންމާއާއެކު ހަދާފައިވާ ވިޔަފާއީގެ އެއްބަސްވުންތައް އުވާލައިފި

ދުނިޔޭގެ ބިޔަރު އުފައްދާ އެންމެބޮޑު އެއް ކުންފުނިން މިޔަންމާއާއެކު ހަދާފައިވާ ވިޔަފާއީގެ އެއްބަސްވުންތައް އުވާލައިފި

Author
ހުސެއިން
06 ފެބްރުއަރީ 2021 06:46
0

ބިޔަރު އުފެއްދުމަށް މުޅި ދުނިޔެއަށްވެސް މަޝްހޫރު، ޖަޕާނުގެ ކުންފުނި، ކިރިންއިން މިޔަންމާގެ އަސްކަރިއްޔާއާއި ގުޅުން އޮންނަ ޖޮއިންޓް ވެންޗަރ ކުންފުންޏާއެކު ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުންތައް އުފާލުމަށް ނިންމައިފިކަން އިއުލާން ކޮށްފިއެވެ.

ކިރިން ކުންފުނިން ފާއިތުވެދިޔަ ތަނުގައިވަނީ، މިޔަންމާރގެ އަސްކަރިއްޔާގެ ކޮމާންޑަރ-އިން-ޗީފް ސީނިއަރ ޖެނެރަލް މިން އަންގ ލައިންގެ ބެލުމުގެ ދަށުން ހިންގާ މިޔަންމާރ އިކޮނޮމިކް ހޯލްޑިންއާއެކު ޖޮންޓް ވެންޗަރ ކުންފުންޏެއް ޖަދާފައެވެ.

ފާއިތުވެދިޔަ ހަފްތާގެ ހޯމަ ދުވަހު، ކޮމާންޑަރ-އިން-ޗީފް މިން އަންގ ލައިން ވަނީ މިޔަންމާރއަށް ބަޢާވާތެއް ގެނެސް، ސަރުކާރުގެ ހުރިހާ ބާރުތަކެއް އަތުލާފައެވެ.

ޖަޕާނުގެ ކިރިން ކުންފުނިން ހުކުރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެކުންފުނިން، "މިޔަންމާރގެ އަސްކަރިއްޔާގެ އަމަލްތައް ހުރި ގޮތުން ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމަށެވެ."

ޖަޕާނުގެ ކިރިން ކުންފުންޏަކީ، މުޅި ދުނިޔޭގައިވެސް، ބިޔަރު އުފައްދާ އެންމެ ބޮޑު އެއް ކުންފުންޏެވެ. ދުނިޔޭގައި ބިޔަރުގެ މަޝްހޫރު ވައްތަރުތައް ކަމުގައިވާ، ކިރިން އަދި ޓޫހޭއިސް އަކީ މިކުންފުންޏައް ނިސްބަތްވާ ބްރޭންޑް ތަކެވެ. އަދި މީގެ އިތުރުންވެސް، ބިޔަރުގެ އުފައްދާ މަޝްހޫރު ކުންފުންޏެއް ކަމުގައިވާ، ސަން މިގުލްގެ މެޖޯރިޓީ ހިއްސާވެސް އޮންނަނީ ކިރިން ކުންފުނީގައެވެ. މީގެ އިތުރުންވެސް، އެމެރިކާ އަދި އިގިރޭސިވިލާތުގައި ބޭނުން ކުރާ ބިޔަރުގެ އެތައް ބާވަތަކީވެސް، ކިރިން ކުންފުނީގެ އުފެއްފުންތަކެވެ.

ޖަޕާނުގައި ބުއިމުގެ އެތަކެއް އުފެއްދުންތަކެއް އުފައްދާ މި ޖޮއިންޓްވެންޗަރ ކުންފުންޏަކީ، މިޔަންމާރގެ އިކޮނޮމިކް ހޯލްޑިންގއާއި ހިއްސާވެގެން، މިޔަންމާގެ މަޝްހޫރު ބިޔަރު ކުންފުނިތައް ކަމުގައިވާ، މިޔަންމާރ ބްރޭވަރީއާއި އަދި މަންޑަލޭ ބްރޭވަރީގެ ވެސް %50 އަށްވުރެ ބޮޑު މެޖޮރިޓީ ޝެއަރ އޮންނަ ކުންފުންޏެވެ.

"އަހަރުމެން 2015 ވަނަ އަހަރު މިޔަންމާރގައި އިންވެސްޓް ކުރީ، އެގައުމަށް އަންނަ ޑިމިކްރަޓިކް ހެޔޮ ބަދަލުތަކާއެކު، އެގައުމުގެ ރައްޔިތުންނަށާއި އަދި އިގުތިސާދަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމުގެ އުއްމީދުގައި،" މީޑިއާތަކަށް އެކުންފުނިން ފޮނުވާގައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

"މިޔަންމާގެ މިހާރުގެ ހާލަތަށް ބަލާ، އެގައުމުގެ އިކޮނޮމިކް ހޯލްޑިންއާއެކު ހަދާފައިވާއި ޖޮއިންޓް ވެންޗަރ އެއްބަސްވުން އުވާލުން ނޫންހައްލެއް ފެންނާކަށް ނެތް. ..މިއެއްބަސްވުން އުވާލުމަށް މިހާރުން މިހާރަށް ކުރަންޖެހޭ އެންމެހާ ކަންކަން މިކުންފުނިން މިގެންދަނީ ކުރަމުން،" ކިރިން ކުންފުނީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޔުނައިޓެޑް ނޭޝަންއިން މީގެ ކުރިން ހިންގާފައިވާ ތަހުގީގަކުން ވަނީ، މިޔަންމާރގެ އަސްކަރީ ވެރިޔާ، މިންގ އަންގ ލައިންގއާއި އެގައުމުގެ އިކޮނޮމިކް ހޯލްޑިންގއާއި ގުޅުން އޮންނަކަން ސާބިތު ވެފައެވެ. މިޔަންމާރގެ އިކޮނޮމިކް ހޯލްޑިންއަކީ، އެ ކުންފުނީގެ މަސްލަހަތު މިޔަންމާރގެ ވިޔަފާރީގެ އެތަކެއް އިންޑަސްޓްރީތަކެއްގައި އޮންނަ ކުންފުންޏެކެވެ. މީގެ ތެރޭގައި، ބޭންކިންގ، ޓުއަރިޒްމް، ރިއަލް އެސްޓޭޓް، ޓްރާންޕޯޓޭޝަން، މައުދަންގެ ވިފާރިވެސް ހިމެނެއެވެ.

މިޔަންމާރގެ ރޮހިންގޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ އަސްކަރިއްޔާއިން ހިންގި ޖަރީމާތައް ތަހުގީގު ކުރުމަށްފަހު، 2018 ވަނަ އަހަރު، ޔޫއެންއިން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ، މިޔަންމާގެ އިކޮނޮމިކް ހޯލްޑިންގ ކުންފުންޏާއެކީ ވިޔަފާރީގެ ގުޅުން ހިންގުމަކީ އެގައުމުގައި ހިނގާ އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކަށް އެހީވެދިނުމުގެ ރިސްކު ވަރަށް ބޮޑަށް އެކުލެވިގެންވަ ކަމެއް ކަމުގައެވެ.

މިދިޔަ ހަފްތާގައި މިޔަންމާއަށް ގެނެވުނު އަސްކަރީ ބަޢާވާތަށްފަހު، ހައްޔަރު ކުރެވިފައިވާ، މިޔަންމާރގެ މަގާމުން ދުރުކުރެވިފައިވާ ލީޑަރ އަންގްސަންގ ސޫކީގެ މައްޗަށް އެގައުމުގެ އަސްކަރީ ސަރުކާރުން މިހާރުވަނީ ދައުވާ އުފުލާފައެވެ.

މިޔަންމާރގެ ކޯޓަށް ޕްރޮސެކިއުޓަރުން ހުށަހަޅާފައިވާ ޑޮކިއުމަންޓްތަކަށް ބަލާއިރު، އަންގްސަންގ ސޫކީގެ މައްޗަށް ދައުވާ ކޮށްފައިވަނީ، މުވާސާލާތީ އާލާތްތަކެއް ވަގަށް އެގައުމަށް އެތެރެ ކޮށްގެންނެވެ. ޕްރޮސެކިއުޓަރުން ވަނީ، ތަހުގީގު ފުރިހަމަވަންދެން، އޭނާ 15 ދުވަސް ވަންދެން ބަންދުގައި ބެއްޓުމަށް ކޯޓުގައި އެދިފައެވެ.

އެމެރިކާ، ޔޫއެން އަދި ހުޅަގުގެ އެނިހެން ގައުމުތަމުންވެސް ކުއްވެރިކޮށްފައިވާ، މިބާވާތުގައި އަންގްސަންގ ސޫކީ މަގާމުން ދުރުކުރެވިގެން ދިއުމާއެކު، އެގައުމަށް ޑިމޮކްރަސީ ގެނައުމަށް ކުރެވެމުންދިޔަ އުއްމީދުތައްވަނީ ވަރަށް ބޮޑަށް ފަޑުވެގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Ahmed
Thi khabarakee dhivehi noohegga liyan jeheyvaruge khabareh kamah qabooleh nukureve