ކުޅިވަރުގެ ދާއިރާއިން ހޯދިފައިވާ ކުރިއެރުމަކީ ވައްކަން ކުރުން: ހާމިދު

ކުޅިވަރުގެ ދާއިރާއިން ހޯދިފައިވާ ކުރިއެރުމަކީ ވައްކަން ކުރުން: ހާމިދު

Author
މުޙައްމަދު ޝަޒައިމް
05 ފެބްރުއަރީ 2021 02:18
0

ރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން ހޯދިފައިވާ ކުރިއެރުމަކީ ވައްކަން ކުރުން ކަމަށް ވިދާޅުވެ މިނިސްޓރަ މަހުލޫފަށް، ހާމިދު އަބްދުލް ޣައްފޫރު ރައްދު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ތިންވަނަ އަހަރު ގުނަމުންދާއިރު، މިހާރުވެސް ކުޅިވަރުގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެސްފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެ ދެއްކެވި ވާހަތަކައް ވަރަށް ކުރުކޮށް، ޔޫތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަންވެސް ކުރައްވާފައިވާ ހާމިދު އަބްދުލް ޣަފޫރު ވިދާޅުވީ ހޯދިފައިވާ ކުރިއެރުމަކީ "ވައްކަންކުރުން" ކަމަށެވެ.

ރައީސް އިއްޔެ ދެއްވި ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަތަކާއި ގުޅިގެން މަހުލޫފް ރޭ ރާއްޖެ ޓީވީ ގައި ވިދާޅުވީ ރައީސްގެ ރިޔާސީ ބަޔާނަކީ އުންމީދުން ފުރިގެންވާ ބަޔާނެއް ކަމަށެވެ. އަދި ރިޔާސީ ބަޔާނުގައި ކުޅިވަރުގެ ފުން ވާހަކަތަކެއް ހިމެނިފައިވުމަކީ، ކުޅިވަރާ ބެހޭ ވުޒާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރައީސް ބައްލަވައިވަޑައިގެންނެވި ކަމުގެ ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ހުރިހާ ކަމެއް ހާސިލުކުރުމުގައި އެންމެ ބޮޑު ޝުކުރެއް ހައްގުވާ ބޭފުޅަކީވެސް ރައީސް ޞާލިޙު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ފުރަބަންދުގެ ތެރޭގައިވެސް ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމާއި، ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، މިދިޔަ އަހަރު މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މާލެ އާއި ރަށްރަށުގައި މިހާރު ފަށާފައިވާ ކުޅިވަރު ދާއިރާގެ މަޝްރޫޢުތައް ފުރިހަމަވެގެންދާއިރު، ރާއްޖޭގެ ތާރީޚުގައިވެސް ކުޅިވަރު ވަސީލަތްތައް ތަރައްޤީނުވާ މިންވަރަށް، އެ ވަސީލަތްތައް ތަރައްޤީވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޭބެ
ކުޅިވަރުގެދާއިރާއިންތޯ ހޮނޑާދުއަށް ޖާބިރާއެކި ހޮނޑާދުއަށް ދިޔައީ