ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮންޕޮޒިޝަން ބަދަލުކުރުމަށް ވެފައިވާ ވައުދު ތަންފީޒުނުވެ ދެ އަހަރާއި ބައިވެފައިވާކަމީ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ހުރި ބޮޑުވުމެއް ކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަނޑިޔާރުގެތައް މިނިވަންކަން ޖުޑިސަލް ސާވިސް ކޮމިޝަނަކީ މިނިވަން މުސްތަޤިއްލު ތަނަކަށް ހަދާނެކަމުގެ ވައުދަކީ މިސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް ވިއްކި ވައުދެކެވެ. މަޖިލީހުގެ ތެރެއިންވެސް ޖޭއެސްސީއަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް ފަސްޖެހި ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމުގެ އެއްވެސް އިޝާރާތެއް ނުފެންނައިރު، ޖޭއެސްސީ މިހާރު އެކުލެވިފައިވާ ގޮތުން ސިޔާސީ ނުފޫޒު އިންތިހާއަށް އެތަނުގައި އޮތްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ޖޭއެސްސީއަށް ބަދަލު ގެނައުމަށް ސަރުކާރުން ވެފައިވާ ވައުދު ތަންފީޒު ނުވެ ދާތީ ކަންބޮޑުވުން ފާޅު ކުރައްވައި ހައިލަމް ވިދާޅުވީ ދައުރު ދެބައިވެގެން ދިޔައިރުވެސް ފަނޑިޔާރުގެ އިސްލާހު ކުރުމަށް ވެވަޑައިގެންފައިވާ އެންމެބޮޑު ވައުދު ތަންފީޒު ކުރުމަށް ފަސްޖެހޭކަމީ ފެންނަމުންދާ މަންޒަރުކަމަށެވެ. އަދި މިއީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ބަދަލުގައި ވަކި ގޮތަކަށް ހިންގުމަށް ކުރެވޭ މަަސައްކަތެއްގެ ގޮތުގައި ހައިލަމް ވަނީ ސިފަ ކުރައްވާފައެވެ.
ފަނޑިޔާރުގެ އިޞްލާޙުކުރުމަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ޖޭއެސްސީގެ އޮނިގަނޑު އިޞްލާޙުކުރުން. ދައުރު ދެބައިވެގެން ދިޔައިރު ވެސް އޮނިގަނޑު އިޞްލާޙުނުވެ އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް.
– ހައިލަމް ވިދާޅުވިއެވެ.
ފަނޑިޔާރުގެ އިޞްލާޙުކުރުމަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ @MaldivesJSC ގެ އޮނިގަނޑު އިޞްލާޙުކުރުން. ދައުރު ދެބައިވެގެން ދިޔައިރު ވެސް އޮނިގަނޑު އިޞްލާޙުނުވެ އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް. https://t.co/7L14YNvdT9
— Ahmed Hailam (@AhmedHailam) February 4, 2021
ޖޭއެސްސީއަށް ބަދަލު ނެގެނެވި ލަސްވާތީ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރާއިރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮންޕޮޒިޝަން ބަދަލު ކުރަން ރައްޔިތުން ބޭނުން ނުވާ ކަމަށާއި ރައްޔިތުން އެމްޑީޕީ އަށް އިތުބާރު ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ އިންސާފު ވެރި ފަނޑިޔާރުގެ އެއް ގާއިމް ކުރަން ކަމަށާއި އެކަން ނުކުރެވެނީސް ކަންކަމުން އަތްދޫކޮށްލާނީ ކަނޑުކޮސް ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ