3،200 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް ވެކްސިން ދީފި

3،200 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް ވެކްސިން ދީފި

Author
މުޙައްމަދު ޝަޒައިމް
04 ފެބްރުއަރީ 2021 10:16
0

ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި މިހާތަނަށް 3،200 އަށްވުރެ ގިނަ މީހުންނަށް ދީފިއެވެ.

އެޗްޕީއޭއިން ބުނީ، ރާއްޖޭގައި މިހާތަނަށް 3،204 މީހަކަށް ވެކްސިން ދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ދިން 2،786 މީހަކާއި އަތޮޅުތަކުން ވެކްސިންދިން 418 މީހެކެވެ. މިއަދު އެކަނިވެސް 1،626 މީހަކަށް ރާއްޖޭގައި ވެކްސިން ދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ދިން 1،477 މީހަކާއި، އަތޮޅުތަކުން ވެކްސިން ދިން 149 މީހެކެވެ. މާލޭގައި 6 ތަނެއްގައި ވެކްސިން ދެމުން އަންނަ އިރު، އަތޮޅުތަކުގެ 3 ތަނެއްގައި ވެކްސިން ދެމުން ގެންދެއެވެ.

ރާއްޖޭގައި ރަސްމީކޮށް ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. ރާއްޖެ މިވަގުތު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އޮތުމުގެ ސަބަބުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އަދި ވެކްސިން ދެމުންގެންދާނީ ވެކްސިން ޖެހުމަށް ޚާއްސަ ޕޯޓަލްގައި ރަޖިސްޓްރީވަމުންދާ ފަރާތްތަކަށްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.