ހުޅުމާލޭ ޖަލުން 31 މީހަކު ޕޮޒިޓިވް ވެއްޖެ

ހުޅުމާލޭ ޖަލުން 31 މީހަކު ޕޮޒިޓިވް ވެއްޖެ

Author
މުޙައްމަދު ޝަޒައިމް
04 ފެބްރުއަރީ 2021 08:12
0

ހުޅުމާލޭ ޖަލުން ކޯވިޑް 19 އަށް 31 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު އެމެޖްންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ވިދާޅުވީ 1 ފެބްރުއަރީ ގައި ހުޅުމާލެ ޖަލުންވަނީ އަލާމާތްތައް ހުރި ގައިދީއެއް ފެނިފައިކަމަށެވެ. މިކޭސްއާ ގުޅިގެން ގައިދީންނާއި ސްޓާފުން ހިމެނޭ ގޮތަށް ނެގުނު 112 ސާމްޕަލްގެ ތެރެއިން 31 ސާމްޕަލް ވަނީ ކޯވިޑަށް ޕޮސިޓިވްވެފައިކަމަށެވެ.

މިހާތަނަށް ޕޮސިޓިވްވެފައިވަނީ ގައިދީން އެކަނި ކަމަށާއި، ޕޮސިޓިވްވި މީހުން މިހާރުވަނީ އެކަހެރިކުރެވިފައިކަމަށެ އެޗްއީސީން ވިދާޅުވެއެވެ. އަދި މީހުންނާއި ކޮންޓެކްޓުވި މީހުން ވަނީ ކަރަންޓީންކުރެވިފައިކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.