އައްޑޫ ސިޓީ ހުޅުމީދޫއިން 4 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިންއަށް ލައިފިއެވެ.
ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ މީގެ 1 ހަފުތާކުރިން ސ. ހުޅުދޫއަށް ފުރަބަންދު ކަރަންޓީީންއަށް ދިއަ 2 މީހަކުވަނީ ޕޮސިޓިވް ވެފައިވާކަމަށެވެ. އޭރު މަޢުލޫމާތު ދެވިފައިވަނީ އެސައިޓްގައި ކޮންޓެކްޓެއް ނެތްކަމަށާއި އެހެންކަމުން މިދެމީހުންނާ ގުޅިގެން އިތުރު ބަޔަކު ކަރަންޓީން ނުކުރާކަމަށެވެ.
ނަމަވެސް މިއަދު ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން މިއަދު ސާމްޕަލް ނެގި މީހުންގެ ތެރެއިން އިތުރުބަޔަކު ޕޮޒިޓިވްވެ މިހާރު ޖުމްލަ 4 މީހަކު ޕޮސިޓިވް ވެފއިވާކަމަށެވެ. އަދި މިސައިޓްގައި ޖުމްލަ 60 މީހުން އެބަތިބިކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. މިހާރު އެރަށްވަނީ އަންޑރ މޮނިޓަރިންގ އަށް ލާފައެވެ.
ކޮމެންޓު ފޮނުވާ