މަޖިލިސް ބޮއިކޮޓް ކުރީ ޑިމޮކްރަސީ ފުޑުފުޑުކޮށް އިދިކޮޅު ލީޑަރު ޖަލަށްލާފައިވާތީ: ސައީދު

މަޖިލިސް ބޮއިކޮޓް ކުރީ ޑިމޮކްރަސީ ފުޑުފުޑުކޮށް އިދިކޮޅު ލީޑަރު ޖަލަށްލާފައިވާތީ: ސައީދު

Author
މުޙައްމަދު ޝަޒައިމް
04 ފެބްރުއަރީ 2021 10:14
0

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ މެމްބަރުން މަޖިލިސް ހުޅުވުމަށް ބޭއްވި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވި ޖަލްސާ ބޮއިކޮޓް ކޮށްފައިވަނީ ޑިމޮކްރަސީ ފުޑުފުޑުކޮށް، ވާދަވެރި އިދިކޮޅު ލީޑަރު ރައީސް ޔާމީން ޖަލައިލައި ނުހައްގުން ދެމުންދާ އަނިޔާތަކަށް ދޫ ނުދޭތީ ކަމުގައި އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ބޮއިކޮޓް ކޮށްފައިވާ ސަބަބާއި ގުޅޭގޮތުން ޚަބަރު އޮންލައިނަށް ދެއްވި އިންޓަރވިއުއެއްގައި މުހައްމަދު ސައީދު ވިދާޅުވީ ޑިމޮކްރަސީއާއި ބީރައްޓެހި އިދިކޮޅުގެ އަޑު ކަނޑުވާލާއި ނުހައްގުން އެތަކެއް އަނިޔާއެއް އިދިކޮޅު ލީޑަރަށް ދެމުންދާއިރު، އެކަން ކުރައްވާ އިސްބޭފުޅާ ދައްކަވާ ވާހަތަކަށް އަތްޖަހަން ތިބުމަކީ ޑިމޮކްރަސީއާއި ބީރައްޓެހި ކަމެއްކަމަށެވެ. ޑިމޮކްރަސީއަކީ ހަމަހަމަ ފުރުސަތު ތަނަވަސްކޮށް ހަމަހަމަ ކަމާއިއެކު ރައްޔިތުންނަށް ބަސްބުނެ އަޑު އުފުލޭނެ ގޮތް ތަނަވަސްވުން ކަމަށްވާއިރު އެފުރުސަތު މިއަދު މިޤައުމުގައި ނެތްކަމށް ސައީދު ވިދާޅުވިއެވެ.

ރާއްޖެއިން މިއަދު ފެނިގެން ދަނީ ޚުދުމުހުތާރުކަމާއި، އަނިޔާވެރިކަން އިންތިހާއަށް ގޮސް، ތިންބާރު އެއްވެފައިވާ ވެރިކަމެއް ހިންގަމުންދާ މަންޒަރުކަމަށެވެ. ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ޝަރުއީ މަރުހަލާވެސް މިއަދު އޮތީ އެކެއްގެ މުށު ތެރޭގައިކަމަށް ސައީދު ވިދާޅުވިއެވެ.

އަޅުގަނޑުމެން މިއަދު މަޖިލީހަށް ނުދިޔައީ ޑިމޮކްރަސީގެ އަސާސްތައް މުގުރާލައި، އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން ނުހައްގުން ޖަލަށްލައި ދެމުންދާ އަނިޔާތަކާއި ގުޅިގެން. ރިޔާސީ ބަޔާނެއްގައި މިހާތަނަށް ދެއްކެވި އެއްވެސް ވާހަކައެއް ދިމާވެފައިނުވޭ. އެކަންކަން ތަންފީޒު ކުރެވޭ ތަނެއް ނުފެނޭ.

– ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް މަޖިލީހަށް 3 ރިޔާސީ ބަޔާނެއް އިއްވަވާފައިވާއިރު، އެއްވެސް ބަޔާނެއްގައި ރައްޔިތުންނަށް އުންމީދު ގެނުވައި ވެވަޑައިގެންވި ވައުދުތައް ފުއްދޭ މަންޒަރު ފެނިގެން ނުދާކަމަށެވެ. ފެނިގެންދަނީ ކޮންމެ އަހަރަކަށް މަޖިލީހަށް ވަޑައިގެން އިތުރު ދޮގުތަކެއް ހައްދަވައި ރައްޔިތުންގެ ލޮލުގައި އަދުން އަޅުވާ މަންޒަރުކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ މިއަދުގެ ޖަލްސާ ބޮއިކޮޓްކޮށް މަޖިލިސް ކައިރީގައި މުޒާހަރާ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގޯދީމީޑިއާ
ޚަބަރު އޮންލައިން އަކީ ބޯހަމަޖެހޭ ބަޔަކު މައުލޫމާތު ދޭންވާވަރު ނޫހެއް ނޫން