ކޯވިޑް-19 ގެ ކޭސްތައް އަނެއްކާވެސް ގިނަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމާ އެކު، ދިވެހި ޕްރިމިއާ ލީގުުގެ ކުޅުން މެދުކަނޑާލައިފިއެވެ.
އެޗްޕީއޭ އިން އަލަށް އެޅި ފިޔަވަޅުތަކުގައި، ގްރޫޕް ކުޅިވަރުތައް ވަނީ މަނާކޮށްފައެވެ. އެޗްޕީއޭ އިން އިއްޔެ އެޅި ފިޔަވަޅުތަކާ އެކު އެހެން ކުޅިވަރުތައް ވެސް ވަނީ މެދުކަނޑާލައިފައެވެ. އޭގެ ތެރޭގައި ދާދި ފަހުން ފެށި ބެޑްމިންޓަން ވައިޑީޕީ ހަރަކާތްތައް ވެސް ހިމެނެއެވެ. ކެންސަލްކުރި އިރު ޓީމުތަކުން އެންމެ ފަހު ވަގުތާ ހަމަ އަށް ވެސް މެޗުތަކަށް ތައްޔާރުވަމުންނެވެ.
އެފްއޭއެމުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވުމުގެ ގޮތުން، މުއްދަތެއް ނެތްގޮތަށް ލީގު ފަސްކުރަން ނިންމާފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ