ފުވައްމުލަކު ސިޓީން އިތުރު ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިފަހަރުވެސް އެ ސިޓީން ކޯވިޑަށް ޕޮޒިޓިވްވި ދެ މީހުންނަކީ ހޯމް ކަރަންޓީންގައި ތިބި ދެމީހުންނެވެ. މިހާތަނަށް ފުވައްމުލަކު ސިޓީން ހޯމް ކަރަންޓީން ފުރިހަމަކުރި 5 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
ފުވަށްމުލަކ ސިޓީގައި ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 'ހައި ރިސްކް' 2 ބަލި މީހުން 24 ޖަނަވަރީ 2021 ވީ ހުކުރު ދުވަހުގެރޭ 11:30 ހާއިރު، ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ކޯވިޑް ފެސިލިޓީއަށްވަނީ ބަދަލު ކުރެވި ދަނީ ފަރުވާ ދެމުންނެވެ. މިއީ 70 އަހަރުގެ ފިރިހިނެކާއި 61 އަހަރުގެ އަންހެނެއްކަމަށެވެ. މިދެ މީހުންނަކީ 10 ދުވަހުގެ ކުރަންޓީން މުއްދަތު ނިންމުމާގުޅިގެން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހަދަންޖެހޭ ޓެސްޓްގައި ކޯވިޑް-14އަށް ޕޮޒިޓިވް ވެފައިވާ ދެ މީހުންކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މިއީ ފުވައްމުލަކު އައިސީޔޫގައި ކޯވިޑްގެ ބަލި މީހުންނަށް ފަރުވާދޭން ފެށި ފުރަތަމަ ފަހަރެވެ.
ބަލިމީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ހިނގަމުންދާނީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ކޯވިޑް-19 އިގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ހަރަކާތްތެރިވާ 'ކްލިނިކަލް މެޑިކަލް އެޑްވައިޒަރީ ޓީމް (CHAT) ގުޅިގެންކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދެމުންދާ ލުއިތަކާއެކު ރަށު ކަރަންޓީން ފުރިހަމަ ކުރާ ގޮތަށް ދަތުރުކުރެވޭ ގޮތްވަނީ މިހާރު ހަމަޖައްސާފައެވެ. މިގޮތަށް ރަށު ކަރަންޓީނަށް ދާ މީހުންގެ ތެރެއިން ނިސްބަތުން ގިނަބަޔަކު ޕޮޒިޓިވްވަމުން އަންނަކަން ފާހަގަކުރެވެއެވެ. އެހެންކަމުން ކަރަންޓީންގައި ހުންނަ މުއްދަތުގައި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ