ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކޮށްފި

ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކޮށްފި

Author
އަހުމަދު
02 ޖުލައި 2026 08:05
0

ދިވެހިރާއްޖެއަށް އެތެރެކުރާ ސިނގިރޭޓާއި ދުންފަތުގެ އެހެނިހެން ބާވަތްތަކުން ނަގަމުން އައި އިމްޕޯޓް ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ގެނައި އިޞްލާޙު ތަޞްދީޤުކުރައްވާފައެވެ. އަދި މި ބިލު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

މި ސަރުކާރުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސިނގިރޭޓެއްގެ ޑިއުޓީ 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރި ނަމަވެސް، އަލަށް ގެނައި މި ބަދަލާއެކު ސިނގިރޭޓާއި، ބިޑި އަދި ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް (ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތައް) އިން ނަގާނީ 4 ރުފިޔާއެވެ.

މީގެ އިތުރުން، ޑިއުޓީއަށް ގެނައި މި ބަދަލުގެ ތެރެއިން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ އުފެއްދުންތަކަށް ވަނީ ލުޔެއް ދީފައެވެ. އެގޮތުން ނިކޮޓިން ޕެޗާއި ނިކޮޓިން ޗުއިންގަމް ފަދަ ތަކެތިން އެއްވެސް ޑިއުޓީއެއް ނުނަގާ ގޮތަށް މިހާރު ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.