ޤައުމުގެ އެންމެ މުހިންމު މުއައްސަސާއަކީ ސުލްހަވެރި ސިޔާސީ ޕާޓީތައް: ނަޝީދު

ޤައުމުގެ އެންމެ މުހިންމު މުއައްސަސާއަކީ ސުލްހަވެރި ސިޔާސީ ޕާޓީތައް: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
30 ޖެނުއަރީ 2021 05:21
0

ޤައުމުގެ އެންމެ މުހިންމު އެއް މުއައްސަސާއަކީ އިންތިޒާމުވެގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތް ކަމުގައި ރައްޔިތުންގެ މަޖިލީގު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބާއި ގުޅިގެން އެޕާޓީގެ މެމްބަރުންނަށް މަރުޚަބާ ވިދާޅުވެ މަޖިލިސް ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިއަދުގެ އިންތިޚާބުގައި ވޯޓު ދެއްވާ އަދާލަތު ޕާޓީގެ އެންމެހާ މެމްބަރުންނަށް މަރުހަބާ ދަންނަވަ ކަމަށެވެ. އަދި ޤައުމުގެ އެންމެ މުހިންމު އެއް މުއްސަސާއަކީ އިންތިޒާމުވެގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތްކަމަށާއި، އެއީ ސިޔާސީ ޕާޓީތައް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ވޯޓު ދެއްވާ އެޕާޓީގެ ހުރިހާ މެމްބަރުންނަށް މަރުޚަބާ. ހެޔޮ ގޮތުގައި ޤައުމުގެ އެންމެ މުހިންމު އެއް މުއްސަސާއަކީ އިންތިޒާމުވެގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތް. ސިޔާސީ ޕާޓީ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ކޯލިޝަނުން މާލޭގައި ރޭވިގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް ސަރުކާރުން ފުލުހުން މެދުވެރިކޮށް ހުރަސްއަޅަމުންދާ ކަމުގެ ޝަކުވާ އިދިކޮޅު ކޯލިޝަނުން ދަނީ ކުރަމުންނެވެ. ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުމަށް ދައުލަތުގެ މުއައްސަސާއެއްގެ ހައިސިއްޔަތުން އިދިކޮޅުން ހިންގާ ހަރަކާތްތަކަށް ސަރުކާރުން ހުރަސް އަޅަމުންދާކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

އަދާލަތު ޕާޓީގެ ރައީސާއި، ނާއިބް ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން އޮންލައިންކޮށް ކުރިއަށްދާއިރު، އިންތިޚާބުގެ ވޯޓުލުމުގެ ވަގުތުވަނީ މިރޭ 21:00 އަށް އިތުރުކޮށްފައެވެ.

ޢަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާފައިވާ ދެ ކެނޑިޑޭޓުންނަކީ ހޯމް މިނިސްޓަރ އަދި މިހާރުވެސް ޕާޓީގެ ރައީސްކަން ކުރައްވަމުންދާ ޢިމްރާން ޢަބްދުﷲ އާއި، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ. މިނިސްޓަރ އިމްރާނާއެކު ރަނިންގ މޭޓެއްގެގޮތުގައި ޕާޓީގެ ނައިބު ރައީސްކަމަށް ކުރިމަތިލާފައިވަނީ ގ. އަލިޝާ، އަޙްމަދު ޝަރީފެވެ. އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުގެ ރަނިންގ މޭޓެއްގެގޮތުގައި ނައިބު ރައީސްކަމަށް ކުރިމަތިލާފައިވަނީ ދަފްތަރު ނަންބަރު 3851، އަޙްމަދު ނަޝީދެވެ.

ޢަދާލަތު ޕާޓީއަކީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ހެދުމުގެ ހުއްދަ ދޫކުރަން ފެށިފަހުން 3 ވަނަ އަށް އުފެދުނު ޕާޓީއެވެ. އެގޮތުން ޢަދާލަތު ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ 18 އޯގަސްޓް 2005 ގައެވެ. އިލެކްޝަންސް ކޮމިޝަންގެ ޕާޓީތަކުގެ ދަފްތަރު ދައްކާގޮތުން 30 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ޢަދާލަތު ޕާޓީގައި މެންބަރުން ތިބި އަދަދަކީ 6436 އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.