ޓޭލާ ސްވިފްޓްގެ ލަވައެއްގައި ސަލްމާން ޚާން ދެކެ ލޯބިވާ ވާހަކަ؟

ޓޭލާ ސްވިފްޓްގެ ލަވައެއްގައި ސަލްމާން ޚާން ދެކެ ލޯބިވާ ވާހަކަ؟

Author
ފާތިމަތު ނާވީ
31 ޖެނުއަރީ 2021 03:56
0

ޓޭލާ ސްވިފްޓް ލަވައެއްގެ ލިރިކްސް ކިޔާތަން ފެނިގެންދާ ޓުވީޓެއް އިންޓަނެޓުގައި ވައިރަލް ވެފައިވާއިރު، މި ޓުވީޓު ފެނުނު އިންޑިއާގެ ގިނަ މީހުންނަށް މި ވީޑިއޯ އާއި ސަލްމާން ޚާނާއި ގުޅުމެއް ވާކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.

ޓުވިޓާ ގައި މީހަކު ހިއްސާކޮށްފައިވާ މި ވީޑިއޯގައި ޓޭލާ ސްވިފްޓްގެ ލަވަ "ރެޑީ ފޯ އިޓް" ލަވައިގެ ލިރިކްސް ކިޔާއިރު ކިޔަނީ "އައި ލަވް ޔޫ ސަލްމާން ޚާން" ކަމަށް ސަލްމާންގެ ވަރަށް ގިނަ ފޭނުންވަނީ ގަބޫލުކޮށްފަ އެވެ. މި ވީޑިއޯއަށް 2000 ބަޔަކު ލައިކުކޮށްފައިވާއިރު، އިންޑިއާގެ ގިނަ މީހުން ބުނެފައި ވަނީ އެ ލަވައިގާ ކިޔަނީ ސަލްމާންގެ ވާހަކަ ކަމަށެވެ. ނަމަވެސް އަނގައިގެ ހަރަކާތުން އެހެން ހީވި ނަމަވެސް އެލަވާގައި ކިޔަނީ އެހެންނެއް ނޫނެވެ.

ސަލްމާން ޚާން މިވަގުތު މަސައްކަތް ކުރަމުންދަނީ ފިލްމު "އަންތިމް" ގެ ޝޫޓިންގް ގައެވެ. މި ފިލްމުގައި ސަލްމާންގެ އިތުރުން އޭނާގެ ޅިޔަނު އަޔުޝް ޝަރްމާ، ގޭންގްސްޓާއެއްގެ ރޯލުން ފެނިގެންދާނެއެވެ. ސަލްމާން މި ފިލްމުގައި ފެންނާނީ ސިކް ފުލުހެއްގެ ރޯލުންނެވެ.

މިފަހުން ސަލްމާން ވަނީ އޭނާގެ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނެ ފިލްމު "ރާދޭ" މިއަހަރު ޢީދުގައި ތިއޭޓާރުތަކުގައި ރިލީސްކުރާނެކަމުގެ އުފާވެރި ޚަބަރުދީފަ އެވެ. މި ފިލްމު ރިލީސްކުރުން ލަސްވެފައިވަނީ ކޯވިޑްގެ ޕެންޑަމިކުގެ ސަބަބުންނެވެ.

2020 ގައި ޓޭލާވަނީ ބެކްޓުބެކް ހިޓް އަލްބަމް ތަކެއް ރިލީސްކޮށްފައެވެ. އޭނާގެ ފުރަތަމަ އަލްބަމަކީ "ފޯކްލޯރ"އެވެ. މި އަލްބަމް ޖުލައިގައި ރިލީސްކޮށްފައިވާއިރު، އަނެއް އަލްބަމް "އެވާ މޯރް" ރިލީސްކޮށްފައިވަނީ ޑިސެމްބަރު މަހު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.