ދީޕިކާ މަސައްކަތް ކުރާތީ ރަންވީރު ހިތްހަމައެއް ނުޖެހޭ!

ދީޕިކާ މަސައްކަތް ކުރާތީ ރަންވީރު ހިތްހަމައެއް ނުޖެހޭ!

މަޝްހޫރު ތަރި ދީޕިކާ ޕަޑުކޯން އަދި އޭނާގެ ފިރިމީހާ ރަންވީރު ސިންގް ވަނީ މުމްބާއީގެ މާރުކޭޓެއްގައި ބަދިގެއަށް ބޭނުންވާނެ ބައެއް ސާމާނު ގަންނަން އުޅެނިކޮށް ފެނިފައެވެ.

އެއާއެކު ދީޕިކާ ވަނީ ރަންބީރު އޭނާ އަމިއްލައަށް އެކަހަލަ ކަންތައް ކުރަން ނުދޭކަމަށްވެސް ބުނެފައެވެ. މި ފޮޓޯތަކުގައި ދީޕިކާ ފެނިގެންދަނީ ކަޅުކުލައިގެ ހޫޑީ އަކާއި ނޫކުލައިގެ ޖިންސެއްގައި އަވިއައިނެއް އަޅައިގެން ހުއްޓާއެވެ. އެއަށްފަހު، އެދެމީހުންވަނީ ރެސްޓޯރެންޓަކުން ޑައިރެކްޓާރ ޝަކުން ބަޓްރާ އާއެކު ފެނިގެންގޮސްފައެވެ.

 

View this post on Instagram

 

A post shared by Varinder Chawla (@varindertchawla)

ފަހުގެ އިންޓަވިއުއެއްގައި ދީޕިކާ ބުނެފައިވަނީ އާންމުކޮށް އޭނާ ގޭގެ މަސައްކަތްތަކުގައި އުޅެނީ އަމިއްލައަށް ކަމަށެވެ. އަދި އޭނާ މަސައްކަތްކުރާތީ އެކަމާއި މެދުގައި ރަންވީރު ސުވާލުކުރާކަމަށް ދީޕިކާ ވަނީ ބުނެފައެވެ. ދިޕިކާ ބުނެފައިވަނީ ހެނދުނު ހޭލާއިރު އެހެން ގެތަކެކޭ އެއްފަދައިން ސްޓާފުންގެ މައްސަލައެއް ނުނީ ގެއަށް ފެންނުލިބޭ މައްސަލައެއް ފަދަކަމެއް ދިމާވެގެންއުޅޭނަމަ އެކަން ހައްލުކުރަނީ އަމިއްލައަށް ކަމަށެވެ.

އަދި އޭނާއަށް ދަސްވެފައިވަނީވެސް އެގޮތަށްކަމަށާއި ގޭގެ މަސައްކަތްތަށް އޭނާ ކުރާހިތްވަނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް ރަންވީރު އޭނާ އަމިއްލައަށް ކަންތައްކުރާތީ ޝަކުވާކުރާކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

ރަންވީރާއި ދީޕިކާ، ދެމީހުން އެކުގައި އެންމެ އަވަހަށް ފެނިގެންދާނީ ކަބީރް ޚާންގެ ސްޕޯޓްސް ޑްރާމާ "83″ އިންނެވެ. ރަންވީރު މި ފިލްމުގައި ކުޅެން ހަމަޖެހިފައިވަނީ ކްރިކެޓާ ކަޕިލް ދޭވް ގެ ރޯލެވެ. އަދި ދީޕިކާ ކުޅެނީ ކަޕިލްގެ އަންހެނުން ރޯމީގެ ރޯލެވެ. ދީޕިކާ މިހާރު މަސައްކަތް ކުރަމުންދަނީ ސިދާތު އާނަންދްގެ "ޕަތަން" ގައި އެވެ. މި ފިލްމުގައި ދީޕިކާ ފެނިގެންދާނީ ބޮލީވުޑްގެ ބާދްޝާހް ޝާހްރުކް ޚާނާއެކުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *