އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިނަކީ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ ވެކްސިނެއް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ދައްކަމުންދާ ވާހަތަކަށް މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެން ހެރިޓޭޖް ޔުމްނާ މަޢުމޫން ރައްދު ދެއްވައިފިއެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިފަދަ ރައްދެއް ދެއްވާފައިވަނީ އިންޑިޔާއިން ރާއްޖެއަށް ގެނެސްފައިވާ ވެކްސިނާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ދައްކަވާ ވާހަތަކަށް ރައްދު ދެއްވަމުންނެވެ. އިދިކޮޅު ކޯލިޝަނުން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ހުސެއިން ޝަރީފާއި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ މި ވެކްސިންގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވަމުމަށް ގޮވާލާފައެވެ.
އަދި މުންދުވަނީ ޕްރެސްގައި ވެކްސިންގެ ރައްކާތެރި ކަމާއި ގުޅޭގޮތުންނާއި، ދުނިޔޭގައި މިހާރު ބޭނުންކުރަމުންދާ ވެކްސިންގެ ތަފްސީލުތައްވެސް ހާމަކޮށްފައެވެ. މުންދު ވިދާޅުވީ އޭނާ ދިން މައުލޫމާތު ތަކަކީ ދިރާސާތަކެއް ކުރުމަށްފަހު ޞިއްޚީ ބޭފުޅުންގެ ލަފަޔާއި މަޝްވަރާގެ މަތީން އެއްކޮށްފައިވާ މައުލޫމާތަކަށް ބިނާކޮށް ދީފައިވާ މައުލޫމާތުތަކެއް ކަމުގައެވެ.
ޝިޔާމާއި މުންދުގެމުވާހަތަކާއި ގުޅިގެން ޔުމްނާ ވިދާޅުވީ ވެކްސިނާއި މެދު ސުވާލު އުފައްދައި ވެކްސިން ގޯސްކަމަށް ވާހަކަ ދައްކާނަމަ ޕީޕީއެމްގެ ސައިންސުވެރިންގެ ޓީމުން ޕީޕީއެމްގެ ލެބޯރިޓީގައި ވެކްސިން ތައްޔާރުކޮށް ނުދިނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.
ޕީީ.ޕީ.އެމް ގެ ސައެންޓިސްޓުންގެ ޓީމުން ޕީޕީ.އެމް ގެ ލެބްގައި ވެކްސީންއެއް ތައްޔާރު ކޮށްދެއްވި ނަމަ ރައްޔިތުންނަށް މާ ފަސޭހަ ވީސް ނޫންތޯ؟
– ޔުމްނާ ވިދާޅުވިއެވެ.
އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ކޯވިޑް-19 ވެކްސިން "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ޖެހުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ. މި ވެކްސިނަކީ ރާއްޖޭގައި ކޯވިޑް 19 ގެ ބަކިމަޑުކަމުގެ މިހާލަތުގައި ރާއްޖޭގައި ބެނުންކުރުމުގެ ހުއްދަ ދީފައިވާ ފުރަތަމަ ވެކްސިނެވެ. ދުނިޔޭގެ ސިއްޙަތު ކަމިއްޔާއާއި ބައިނަލްއަޤްވާމީ އުޞޫލްތަކުގެ ދަށުން ހެލްތް އެމަރޖެންސީ ހާލަތުގައި ބޭނުންކުރުމަށް އައު ވެކްސިންތަކަށް ހުއްދަ ދޫކުރެވޭ މިންގަނޑުތަކަށް ރާޢްޖޭގައި ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންއަށް ހުއްދަ ދިނުމުގައި ފުރިހަމައަށް ރިޔާއަތްކޮށްފައިވާކަމަށް އެމްއެފްޑީއޢިން ވިދާޅުވެއެވެ.
އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިންގެ 100000 ޑޯޒް ރާއްޖެއަށް ގެނެސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގައެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއްވާ ގޮތުގައި ރާއްޖެ ގެނައި ވެކްސިން، ރާއްޖޭގެ އާބާދީގެ 50 ހާސް މީހުންނަށް ޖެހޭނެއެވެ.
ކޮމެންޓު ފޮނުވާ