އިންތިހާބާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ނިޒާމް ގާއިމްކޮށްފި

އިންތިހާބާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ނިޒާމް ގާއިމްކޮށްފި

އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅޭގޮތުން ޝަކުވާތައް ހުށަހެޅުމުގެ ނިޒާމް އިލެކްޝަންސް ކޮމިޝަނުން ގާއިމްކޮށްފި އެވެ.

އެ ކޮމިޝަނުން ކުރިން އިޢުލާންކޮށްފައި ވާފަދައިން އިންތިޚާބު ބޭއްވުމުގެ މަސައްކަތްތައް ކޮމިޝަނުން ފަށާފައި ވަނީ އިއްޔެއެވެ. އެގޮތުން ކޮމިޝަނުން އިއްޔެ ނެރުނު އިޢުލާނެއްގަިއ ބުނެފައި ވަނީ އިންތިޚާބާގުޅޭ ޝަކުވާ ބަލައިގަތުމުގެ އިންތިޒާމްވެސް މިހާރު ހަމަޖައްސާފައި ވާނެ ކަމަށެވެ.

އެގޮތުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި ގަވާއިދާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ގަވާއިދާއި، ކުރިއަށް އޮތް އިންތިޚާބާ ގުޅިގެން ހަދާފައިވާ ގަވާއިދުތަކާ ޚިލާފު އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވަތަ މި އިންތިޚާބާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މިހާރު ހުށަހެޅޭނެކަމަށް ކޮމިޝަނުން ބުނެއެވެ.

މިފަދަ ޝަކުވާއެއް ވާނަމަ އެކަން ކޮމިޝަނަށް ހުށަހަޅަންވާނީ އެކަމަށް ކަނޑައަޅާފައިވާ "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" ގައި އިލެކްޝަންސް ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށް ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި އިންތިޚާބު ކޯވިޑާއި ގުޅިގެން އެ މުއްދަތުގައި ނުބޭއްވުމުން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ސަންސެޓް ޤާނުނުގެ ގޮތުގައި މަޖިލީހުން ހާއްސަ ޤާނުނެއް ފާސްކުރިއެވެ.
އެޤާނޫނުގައި ބުނެފައިވަނީ އެ ޤާނުނަށް އަމަލުކުރާތާ އެއްއަހަރު ދުވަހުގެތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މެއިމަހުގެ 9 ވަނަދުވެހެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދަޅުވެފައިވަނީ، މެއި މަހުގެ 9 ވަނަދުވަހަށްވުރެ އިންތިޙާބު ފަސްކުރުމުގެ ބާރު ކޮމިޝަނަށްނެތްކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *