އިހުތިޖާޖުގެ ބައިވެރިންނަށް ފުލުހުން ހުރަސްއަޅައި، ކުރިމަތިލުމަކަށް

އިހުތިޖާޖުގެ ބައިވެރިންނަށް ފުލުހުން ހުރަސްއަޅައި، ކުރިމަތިލުމަކަށް

Author
މުޙައްމަދު ޝަޒައިމް
29 ޖެނުއަރީ 2021 05:01
0

އިދިކޮޅު ކޯލިޝަނުން މިއަދު މުޅި ރާއްޖޭގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މާލޭގައި ކުރާ އިހުތިޖާޖުތަކުގައި ފުލުހުން ދަނީ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅައި މުޒާހަރާ ހުއްޓުމަށް މަސައްކަތް ކުރަމުންނެވެ.

އިދިކޮޅު ކޯލިޝަނުން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާަރާ ކުރަމުންނެވެ. ޕީޕީއެމްގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންހިމެނޭހެން މާލެެ ތެރޭގައި މުޒާހަރާ ކުރަމުންދާ މީހުން ދަނީ މާލޭގެ އެކި މަގުތަކުގައި އަޑު އުފުލައި މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅައި ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރިނަމަވެސް ގިނަ ބަޔަކު މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެފައިވުމުން މުޒާހަރާ ހުއްޓުވުމަށް ފުލުހުންނަށް ވަނީ ހުރަސްތަކުރިމަތިވެފައެވެ.

މުޒާހަރާގެ ބައިވެރިން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި، އަދުލު އިންސާފު ގާއިމްކުރުމަށް ގޮވާލަމުންނެވެ. މުޒާޖަރާގެ ބައިވެރިން މާލޭގައި ކުރާ އިހުތިޖާޖު ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކުރަމުންދާއިރު، ބައެއް މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ.

މުޒާހަރާ ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް މުޒާހަރާގެ ބައިވެރިންދަނީ މާލޭގެ އެކި މަގުތަކުގައި އަޑު އުފުލަމުންނެވެ. މުޒާހަރާގެ ބައިވެިންގެ ތެރެއިން ގިނަ މީހުންތިވީ ފޭސްމާސްކުވެސް އަޅައިގެންނެވެ. މާލޭގެ އިތުރުން މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.