ކޯވިޑް ފަތުރަން ޖާގަނުދެއްވާ، އިތުރު ލޮކްޑައުންއަކަށް ދާން ޖެހިއްޖެނަމަ ބަނޑަށް ޖެހިދާނެ: ނިހާދު

ކޯވިޑް ފަތުރަން ޖާގަނުދެއްވާ، އިތުރު ލޮކްޑައުންއަކަށް ދާން ޖެހިއްޖެނަމަ ބަނޑަށް ޖެހިދާނެ: ނިހާދު

Author
މުޙައްމަދު ޝަޒައިމް
29 ޖެނުއަރީ 2021 11:40
0

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ބޯޑަރު ބަންދު ކުރުމަށްފަހު މިހާރު ހުޅުވާލާފައިވާއިރު، ކޯވިޑުގެ ނުރައްކާތެރިކަން ބޮޑުވެ އަލުން ލޮކްޑައުންއަކަށް ދާން ޖެހިއްޖެނަމަ ރާއްޖޭގެ ރައްޔިތުން ބަނޑަށް ޖެހިދާނެކަމުގެ ބިރު ބޮޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް ނިންމާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ ފޭދޫ ދާއިރާގެ މެމްބަރު ނިހާދު ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިޚްތިރާމުކޮށް، ބޯލެބުމަކީ ކޮންމެ ރައްޔިތަކުންވެސް ސަމާލުކަން ދޭންޖެހޭ ކަމެއްކަމަށެވެ.

އަޅާފައިވާ ފިޔަވަޅުތަކަށް ބޯނުލަބައި، ކޯވިޑްގެ ނުރައްކާ ބޮޑުވާނެގޮތަށް ފުރުސަތު ދީފިނަމަ ރާއްޖޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ ޤައުމުގެ ހާލަތު ދަށަށް ދިއުމަކީ ގާތްކަމެއްކަމަށް ނިހާދު ވިދާޅުވިއެވެ. ރާއްޖެ މިހާރު އޮތް ހާލަތުން ކޯވިޑުގެ ނުރައްކާބޮޑުވެ އިތުރު ފިޔަވަޅުތައް އަޅައި ޤައުމު ލޮކްޑައުންއަކަށް ދާންޖެހިއްޖެނަމަ ރާއްޖެއަށް ފޫނުބެއްދޭ ބޮޑު ގެއްލުމެއް ކުރިމަތިވާނެކަމަށް ނިހާދު ވިދާޅުވިއެވެ.

ކޯވިޑް ފަތުރައި ގައުމު ހުއްޓުވަން ކުރާ މަސައްކަތަކީ ވަރަށް ދަށު ދަރަޖައިގެ މަސައްކަތެއް! ޕީޕީ އިން ރާވާ ނުބައި ލާއިންސާނީ ރޭވުންތަކުގައި އެއްބާރުލުން ނުދެމާ! ދެން އިތުރު ލޮކްޑައުންއަކަށް ދާން ޖެހިއްޖެނަމަ ބަނޑަށް ޖެހިދާނެ! ބަސް އަހައިގެން އެޗްޕީއޭ ގެ ގައިޑްލައިން ތަކަށް ތަބާވަމާ.

– ނިހާދު ވިދާޅުވިއެވެ.

"އިންސާފު ކޮބާ"ގެ ނަމުގައި އަދުލު އިންސާފު ހޯދުމަށް ގޮވާލާއި، މުޅި ރާއްޖޭގައި އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު މުޒާހަރާ ކުރުމަށް ވަނީ ނިންމަފައެވެ. އިދިކޮޅު ކޯލިޝަނުން ދަނީ މުޒާހަރާ މުޅި ރާއްޖޭގައި ބޭއްވުމަށް ތައްޔަރީވަމުންނެވެ. މާލޭގައި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ ޕީޕީއެމް އޮފީސް ދޮރުމަތިންކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ.

އިދިކޮޅު މުޒާހަރާއާއި ގުޅޭގޮތުން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މި މުޒާހަރާގެ ބޭނުމަކީ ރާއްޖޭގައި ގެއްލެމުންދާ އިންސާފު ހޯދުމަށާއި، ރައްޔިތުންނަށް ދެމުންދާ އަނިޔާއަށް އިންސާފު ހޯދުމަށް ކުރަމުންދާ ބޮޑު މުޒާހަރާއެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.