އިދިކޮޅު މުޒާހަރާގެ ބައިވެރިން ދަރުބާރުގޭ ކުރިމައްޗަށް އެއްވެއްޖެ

އިދިކޮޅު މުޒާހަރާގެ ބައިވެރިން ދަރުބާރުގޭ ކުރިމައްޗަށް އެއްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
27 ޖެނުއަރީ 2021 02:00
0

އިދިކޮޅު ކޯލިޝަނުން މިއަދު ހެލްތު މިނިސްޓަރާއި ބައްދަލުނުވުމުން ދަރުބާރުގޭ ކުރިމައްޗަށް އެއްވެއްޖެއެވެ.

އެއްވި މީހުންގެ ތެރެއިން ލީޑަރޝިޕްގެ ބޭފުޅުން ދަނީ ދަރުބާރުގޭގައި ތިއްބެވި އިސްބޭފުޅުންނާއި ބައްދަލުކުރުމަށް މަަސައްކަތް ކުރަމުންނެވެ. ދަރުބާރުގެ ހިމެނޭ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މުޒާހަރާ ތެރެއިން އެކަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މުޒާހަރާގެ ތެރެއިން ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާވެސް ވަނީ ފުލުުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ދަރުބާރުގޭ ތެރެއަށް ނުވަދެވޭނެހެން އެއްވި މީހުންނާއި އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުން ފަހަތަށް ޖައްސާފައެވެ. އެއްވި މީހުން ގޮވާލަމުންދަނީ މިނިސްޓަރ ނަސީމްއާއި ބައްދަލު ކުރުމަށާއި، ވެކްސިންގެ މައުލޫމާތު ހާމަކޮށް ދިނުމަށެވެ.

އެއްވުމުގެ ތެރެއިން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއްވި މީހުންދަނީ ދަރުބާރުގޭ ކުރިމަތީގައި ތިބެ އަޑު އުފުލަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.