އިދިކޮޅު ލީޑަރޝިޕާއި މިނިސްޓަރ ނަސީމް ބައްދަލު ނުކުރެއްވި

އިދިކޮޅު ލީޑަރޝިޕާއި މިނިސްޓަރ ނަސީމް ބައްދަލު ނުކުރެއްވި

Author
މުޙައްމަދު ޝަޒައިމް
27 ޖެނުއަރީ 2021 01:51
0

އިދިކޮޅު ލީޑަރޝިޕްގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމްއާއި ބައްދަލުކުރަން ދިއުމުން ބައްދަލު ކުރުމުގެ ފުރުސަތު ނުދެއްވިކަމަށް އިދިިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިނިސްޓަރ ނަސީމާއި ބައްދަލު ކުރުމަށް މިއަދު ހެލްތު މިނިސްޓްރީއަށް ދިއުމަށްފަހު މިނިސްޓަރާއި ބައްދަލުވެ މިނިސްޓްރީން ނިކުމެ ނޫސްވެރިންނާއި ވާހަކަ ދައްކަަވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މިނިސްޓަރާއި ބައްދަލުކުރަންދާކަން އެގުމާއިއެކު މިނިސްޓަރ ގެއަށް ވަޑައިގެންފައިފައިވާކަމަށެވެ.

އަދި އެތަައް އިރެއް ވަންދެން މިނިސްޓްރީ ތެރޭގައި އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުން ބޭތިއްބުމަށްފަހު ބައްދަލު ކުރެވެން ނެތްކަމަށް ވިދާޅުވެފައިވާކަމަށެވެ. މިނިސްޓަރ ނަސީމާއި ބައްދަލުކުރަން ބޭނުންވަނީ ރާއްޖެއަށް ގެނެސްފައިވާ ވެކްސިންގެ މައުލޫމާތު ހާމަކަން ބޮޑުކޮށް ރައްޔިތުންނަށް ހާމަކޮށް ދިނުމަށް ދެންނެވުމަށާއި، ވެކްސިންގެ މައުލޫމާތު ހޯއްދެވުމަށްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިނިސްޓަރ ނަސީމު ކުރަންޖެހޭ ޤާނޫނީ ޒިންމާ އަދާ ނުކުރައްވައި ރައްޔިތުންނަށް އޮޅުވާލައިގެން ކަންކަން ކުރައްވަން މަސައްކަތް ކުރައްވާކަމީ ހިތާމަ ކުރައްވާ ކަމެއްކަމަށެވެ. އަދި މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭނަމަ މިހާރުން މިހާރަށް ނަސީމު މަޤާމުން ވަކި ކުރެއްވުމަށް އަންދުއްރަހީމް ވަނީ ރައީސް ޞާލިހަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

N Nony
badhale nuku raane naseem akee yahoo dhee khiyaal ge meehe emeehun ruhey bayku noon ehen mee huna kee najis baye najis bayakaa badhale nukureey ne thaa
T Thi
Idhi kolhaai badhdhalu kuraane fenvare nuhunnaane naseem gai