އެޗްޕީއޭއިން މަސައްކަތް ކުރަނީ ޤައުމަށްވުރެ ރައީސް ޞާލިހުގެ ސަލާމަތަށް: ސެމްބެ

އެޗްޕީއޭއިން މަސައްކަތް ކުރަނީ ޤައުމަށްވުރެ ރައީސް ޞާލިހުގެ ސަލާމަތަށް: ސެމްބެ

Author
މުޙައްމަދު ޝަޒައިމް
27 ޖެނުއަރީ 2021 11:34
0

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ކޯވިޑްގެ މިހާލަތުގައި އިސްކަންދެނީ ޤައުމާއި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށްވުރެ ބޮޑަށް ރައީސް ޞާލިހާއި ސަރުކާރުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް(ސެމްބެ) ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ފަސްކުރެވުނު ކައުންސިލް އިންތިޚާބު ބޭއްވުމަށް އިއްޔެ އިއުލާންކުރުމާއިއެކު ރޭ އެޗްޕީއޭއިން ކޯވިޑުން ރައްކާތެރިވުމަށް އިތުރުފިޔަވަޅު އެޅުމާއި ގުޅިގެން ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ، ހާލަތާއިއެކު ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށްވުރެ ފެނިގެންދަނީ ވަކި ބޭފުޅަކާއި، ސަރުކާރުގެ ހިމާޔަތަށް އެޗްޕީއޭއިން މަސައްކަތް ކުރާތަންކަމަށެވެ.

އެޗްޕީއޭ އިން މިޤައުމުގެ ވެރިޔާ އިބްރާހިމް މުހައްމަދު ޞާލިހު ސަލާމަތްކޮށް ދޭން ތެދުވެއްޖެ، ދެން ކިހިނެތް މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވަން އެޗްޕީއޭ އިން މަގު ދައްކަނީ، އެމީހުންނަށް ޤާނޫނެއް ލާޒިމް ނުކުރޭ އެކަން ކޮށް ދިނުމަކަށް.

– ހުސެއިން މުހައްމަދު ލަތީފް ވިދާޅުވިއެވެ.

ކޯވިޑް-19 ކޭސްތައް އިތުރުވާން ފެށުމާއި ގުޅިގެން އެޗްޕީއޭއިންވަނީ މާލެ ސަރަހައްދުގައި ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށްފައެވެ. އެޗްޕީއޭއިން އެއްވުންތައް މަނާކޮށްފައިވާއިރު، އިދިކޮޅު ކޯލިޝަނުން ދަނީ މުޅި ރާއްޖޭގައި ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށް ނިންމާފައެވެ. އަދި ކެންޕެއިން ހަރަކާތައް ހިންގުމަށް އިދިކޮޅު ކޯލިޝަނުން ދަނީ ގިނަ ހަރަކާތްތަކުން ރާވަމުންނެވެ.

ކޯވިޑާ ގުޅިގެން މަނާކުރި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބާއްވަން އެޗްޕީއޭ އިން އަލުން ހުޅުވާލީ މިދިޔަ މަހު 20 އިން ފެށިގެންނެވެ. އެ ފުރުސަތު ދިނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެފަދަ ހަރަކާތްތައް ބާއްވަން ޝަރުތުކޮށްފަ އެވެ. އެކަމަކު އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލަށް އަމަލު ނުކުރާ ތަން ފެނެ އެވެ. ހުއްދަ ލިބުނު ދުވަހު ބޭއްވި ކައިވެނި ޕާޓީއެއްގައި ބަލި ފެތުރި އެތައް ބަޔަކު ޕޮޒިޓިވްވެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.