އަދާލަތުގެ އިންތިޚާބު: ލިސްޓުތަކަށް ބަދަލު ގެނައުމުގެ އެންމެ ފަހު ތާރީހު ކަޑައަޅައިފި

އަދާލަތުގެ އިންތިޚާބު: ލިސްޓުތަކަށް ބަދަލު ގެނައުމުގެ އެންމެ ފަހު ތާރީހު ކަޑައަޅައިފި

Author
މުޙައްމަދު ޝަޒައިމް
27 ޖެނުއަރީ 2021 08:53
0

ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގެ ވޯޓްލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތާއި، އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލިބިގެންވާ މެންބަރަކަށް ވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޢަދާލަތު ޕާޓީގެ ދުސްތޫރުގެ ދަށުން، އެ ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި 30 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ވޯޓްލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އީވޯޓިންގ ނިޒާމެއް ބޭނުންކޮށްގެނެވެ.

އިންތިޚާބުގައި ވޯޓްލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ދަފްތަރު މިހާރު ވަނީ ޝާއިޢު ކުރެވިފައެވެ. ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބެއްލެވުމަށް ނުވަތަ ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް vote.adhaalath.org.mv  ޒިޔާރަތްކުރައްވާ، ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބެއްލެވުމަށާއި އޮންލައިންކޮށް ޝަކުވާ ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ.

އީވޯޓްލުމަށް ރަޖިސްޓްރީކުރުމާއި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

އިންތިޚާބުގައި ވޯޓްލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރެއިން އީވޯޓްލުމުގެ ފުރުސަތު ލިބިގެންދާނީ، ވޯޓްލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ދަފްތަރުގައި ފޯން ނަންބަރު ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިގޮތުން ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު 29 ޖަނަވަރީ 2021 ވާ ހުކުރު ދުވަހުގެ 16:00 އަށް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލިބިގެންވާ މެންބަރަކަށް ވުމުގެ މުއްދަތު އިތުރުކުރުން

އަދި ހަމައެއާއެކު މި އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު ލިބިގެންދާނީ 29 ޖަނަވަރީ 2021 ވާ ހުކުރު ދުވަހުގެ 16:00 އަށް ޢަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ މެންބަރުންކަމަށް އެޕާޓީން ބުނެފައިވެއެވެ.

އިންތިޚާބާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު 3342671 އަށް ގުޅުއްވުން ނުވަތަ  [email protected] އަށް އީމެއިލް ކުރެއްވުން އެޕާޓީން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.