ދީނުގައި ކަނޑައަޅުއްވާފައިގޮތް ހަރުކަށިކަމަށް ދެކޭމީހަކު ޖޭއެސްސީގައި އިދެގެންނުވާނެ

ދީނުގައި ކަނޑައަޅުއްވާފައިގޮތް ހަރުކަށިކަމަށް ދެކޭމީހަކު ޖޭއެސްސީގައި އިދެގެންނުވާނެ

Author
މުޙައްމަދު ޝަޒައިމް
27 ޖެނުއަރީ 2021 08:29
0

އިސްލާމްދީނުގައި އޮންނަ ގޮތް އެއީ "ހަރުކަށި" ގޮތްކަމަށް ދެކޭ މީހަކު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިދެގެން ނުވާކެމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އިސްލާމްދީނުގައި ވަކި ގޮތަކަށް ކަންކަމަށް އަމުރުކޮށް، ހުކުމްތައް ކަނޑައަޅުއްވާފައި ވަނިކޮށް އެކަންކަން ބަދަލުކޮށް، އަމިއްލަ ޤާނޫނުތައް ހަދަމުންދާ މައްސަލާގައި ކަންބޮޑުވުންފާޅުކޮށް އިއްޔެ ޑރ.އިޔާޒު ދެއްކެވި ވަހަތަކާއި އިޝާރާތްކޮށް މަޖިލިސް ރައީސްގެ ފޭކް އެކައުންޓުން ކުރެއްވި ޓުވީޓުގައި ވިދާޅުވީ  ދިވެހިން މިއަދު ޑރ.އިޔާޒުގެ ހަރުކަށި ފިކުރު ބަލައި ނުގަންނަކަމަށެވެ.

ރައީސް ނަޝީދުގެ މި ޓްވީޓާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ކަންކަމަކީ އުސޫލުތަކަކީ ހަރުކަށި ގޮތްކަމަށްދެކި އެޔަށް ބަދަލު ގެންނަން މަސައްކަތް ކުރާމީހަކު ޖުޑިޝަލް ސާވިސްކޮމިޝަންގައި އިދެގެން ނުވާނެކަމަށެވެ. އެފަދަ މީހަކު ޖޭއެސްސީގައި ހުރިނަމަ އެމީހަކު މަޤާމުން ވަކިކުރަންޖެހޭކަމަށް ވިދާޅުވެ އިޔާޒުވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވާފައެވެ.

އިސްލާމްދީނުގައި ކަނޑައެޅިފައި އޮންނަ ގޮތް އެއީ "ހަރުކަށި" ގޮތްކަމަށް ދެކޭ މީހަކު ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރަކަށް ހުރެގެން ނުވާނެ. އެފަދަ މީހަކު ހުރި ނަމަ އަޒުލް ކުރަންޖެހޭނެ.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ޑރ.އިޔާޒުގެ ވާހަތައް ދިވެހި ރައްޔިތުން ޤަބޫލު ނުކުރައްވާކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ.އިޔާޒު ވިދާޅުވީ އޭނާގެ ފެންގުޅުއްވާ ފިކުރު އެކަކު ބަލައި ނުގެތްކަމުގައި ވީނަމަވެސް މާތްﷲ ގެ ރުއްސެވުން ލިބުމުން ނިމުނީކަމަށެވެ. އަދި މަޖިލިސް ރައީސް ނަޝީދު ގެންގުޅުއްވާ ފިކުރަކީ ދެދުނިޔޭގައިވެސް ބާތިލު ފިކުރެއްކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.

އަޅުގަނޑުގެ ފިކުރު އެކަކު ބަލައި ނުގެން ނަމަވެސް ﷲގެ ރުއްސެވުން ލިބެނިކޮށް މައްސަލައެއްނެތް. ނަމަވެސް އެލެކްސް ނަޝީދުގެ ލާދީނީ ފިކުރަކީ ދުނިޔެއާއި އާޚިރަތުގައިވެސް ގެއްލިގެންވާ ބާތިލް ފިކުރެއްކަމާއިމެދު ބުއްދިހުރި މީހަކު ޝައްކެތް ނުކުރާނެ.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ޑރ.އިޔާޒު ދައްކަވާ ވާހަތަކާއި ގުޅިގެން ރައީސް ނަޝީދާއި، މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން މީގެކުރިންވެސް މަޖިލީހުގެ ޖަލްސާތަކުގައި ޑރ.އިޔާޒަށް ރައްދު ދެއްވާފައިވެއެވެ. އަދި ޑރ.އިޔާޒަށް ނިސްބަތްކޮށް އެކި ތުހުމަތުވެސް މިބޭފުޅުން ކުރައްވަފައިވެއެވެ. ނަމަވެސް ޑރ.އިޔާޒު ދައްކަވާ ގިނަ ވާހަތައް ދައްކަވާފައިވަނީ ދީނީ ގޮތުން އެކަން އޮތްންނަ ގޮތްތަކުގެ ދަލީލާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގޯދީމީޑިއާ
މި ނޫނީ ރަނގަޅު ވާހަކައެއް އިޔާޒް އަދި ނުބުނޭ