ޖެނުއަރީ 28 ވަނަ ދުވަހު، ބުރުހަމަ ހަނދު، ގެފުޅާ ދިމާލަށް ސީދާކޮށް މީޒާން ވެގެންދާނެ

ޖެނުއަރީ 28 ވަނަ ދުވަހު، ބުރުހަމަ ހަނދު، ގެފުޅާ ދިމާލަށް ސީދާކޮށް މީޒާން ވެގެންދާނެ

Author
ހުސެއިން
27 ޖެނުއަރީ 2021 08:04
0

މި މަހުގެ 28 ވާ ބުރާސްފަތި ދުވަހު، ބުރުހަމަ ހަނދު، މައްކާގެ ގެފުޅާ ދިމާލުން މަތިން މެދަށް ވާގޮތަށް، ސީދާކޮށް މީޒާން ވެގެންދާނެ ކަމަށް ދުނިޔޭ މަޝްހޫރު ޖައްވީ ތަޖުރިބާކާރުން ބުނެފިއެވެ.

ވަރަށް މަދުން ނޫނީ މެދުވެރި ނުވާ، ޖައްވީ ޕްލެނެޓްތައް ދައުރުވަމުންދާ ދިއުމުގައި ކުރިމަތިވާ މިހާލަތުގައި، މި މީޒާނަށް ހަނދު އަންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގެ މައްކާގެ ގަޑިން މެންދަމުން އަބުރާ 12:43 ގައެވެ. އަދި މިވަގުތު، ބުރުހަމަ ހަނދު، މައްކާގެ މާތްވެގެންވާ ގެފުޅުގެ މަތިން، ގެފުޅުގެ މެދަށް ވާގޮތަށް ސީދާކޮށް މީޒާންވެފައި ހުއްޓާ މައްކާގެ ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަން ހުންނާނެ ކަމަށްވެސް ޖައްވީ ސައިންސްވެރި ބުނެފައި ވެއެވެ.

"އިރު އޮއްސުމާއެކު، ހަނދު އަރާނީ އުތުރު/އިރުއުތުރު ސަތަހަޔަ އާއި ދިމާލުން، އަދި އޮއްސޭނީ އުތުރު/ހުޅަނގުއުތުރު ސަތަހައާއި ދިމާލުން، އޭގެ މާނައަކީ، ހަދު ދަތުރު ކުރަމުންދާނެ މިސްރާބަކީ، ހޫނު މޫސުމުގައި މެންދަމުގެ ވަގުތުގައި، އުތުރުގެ އާކްޓިކް ބުރުގައި އިރު ދައުރުވަމުންދާނެ މިސްރާބު، ހޫނު މޫސުމުގައި ބައެއް ގައުމުތަކަށް ދަންވަރު އިރުގެ އަލިކަން ލިބޭފަދައިން، ހަނދު އަރާފަ 24 ގަޑިއިރުވަން ދެން ހުންނާނެ،" ޖިއްދާ އެސްޓްރަނޮމީ އެސޯސިއޭޝަންގެ ރައީސް މަޖީދު އަބޫ ޒަހިރާ އަލް އަރަބިއްޔާ މީޑިއާށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވެއެވެ.

އަބޫ ޒަހިރާ ވިދާޅުވި ގޮތުގައި، ބުރުހަމަ ހަނދު، ގެފުޅުގެ މެދާ ވާގޮތަށް ފުރިހަމައަށް ސީދާކޮށް މީޒާން ވެގެންދާނީ، ސައުދީ އަރަބިއާގެ ގަޑިން މެންދަމުން އަބުރާ 12:43:34 ގައެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި މިވަގުތު ހަދު ހުންނާނެ ސީދާ މިންގަޑަކީ، އަލްޓިޓިއުޑުން 89.57.46 ޑިގްރީގައެވެ. މިވަގުތު ހަދު ހުންނާނީ ދުނިޔެއާއި 381.125 ކިލޯމީޓަރު ދުރުމިނުގައި، %99.9 އަލީގައި ދިއްލިފައެވެ.

"ހުކުރު ދުވަހުގެ އިރު އަަރަންދެން، އެރޭގެ ހަތަރުދަމު ހަނދު ހުންނާނީ ސާފުކޮށް ފެންނަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޖައްވީ ޕްލެނެޓްތައް ދައުރުވުމުގައި ކުރިމަތިވާ މި ހާލަތަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން، ފަސޭހަކަމާއެކު، ގިބްލައިގެ މިސްރާބު ދެނެގަތުމަށްވެސް ބޭނުންކުރެވިދާނެ ހާލަތެކެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ތިބޭ މީހުން، ހަނދު އަރާފައި ހުންނަ ދިމާލަށް ބަލާ، ހިސާބު ޖަހައިގެން ގިބްލަ ފާހަގަ ކުރަމުން ދިއުމަކީ އަބަދުވެސް ކުރާ ކަމެކެވެ. އެ އުސޫލުން މިހާރު ގިބްލަ ފާހަކުރުމުގައި އެންމެ ގިނައިން ބޭނުންކުރަނީ ސްމާޓް ފޯނުތަކިގައި ހަދާފައި ހުންނަ އެޕްލިކޭޝަންތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.